އަލީ ރަމީޒް

އަލީ ރަމީޒުގެ މަންފާ ޖަމިއްޔާ އިން ކުޅިވަރު އެކަޑަމީއެއް ހަދަނީ

އަލީ ރަމީޒުއާ އެކު މުހައްމަދު ސާޖިދު (ކާއްޓޭ)، އަލީ އަޝްފާގު (ދަގަނޑޭ) އަދި އަލީ ނިސްތާރު މުހައްމަދު
0%
0%
0%

އަލީ ރަމީޒު އިސްވެ ހުރެގެން ހިންގާ "މަންފާ" ޖަމިއްޔާ އިން ކުޅިވަރު އެކަޑަމީއެއް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

މި މަސައްކަތުގައި އަލީ ރަމީޒަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެނީ ކުރީގެ މަޝްހޫރު ވޮލީބޯޅަ ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ) އާއި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)ގެ އިތުރުން ފުޓްބޯޅަ ކޯޗު އަލީ ނިސްތާރު މުހައްމަދު އެވެ.

އަލީ ރަމީޒު ވަނީ މި ތިން ބޭފުޅުންނާ އެކު ފޮޓޯއެއް ނަގައި ސޯޝަލްމީޑިއާގައި އެކަޑަމީއާ ގުޅޭގޮތުން ޕޯސްޓެއްކޮށްފަ އެވެ.

"އަލްހަމްދުﷲ، މަންފާ ގެ ސްޕޯޓްސް އެކަޑަމީއެއް ވުޖޫދަށް އަންނަނީ، އިންޝާﷲ،" އަލީ ރަމީޒުގެ ޕޯސްޓުގައިވެ އެވެ.

ދަގަނޑޭ އާއި ސާޖިދު ވަނީ އެ މަސައްކަތުގައި އަލީ ރަމީޒަށް އެހީތެރިވާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.

މަންފާ ޖަމިއްޔާ އަލީ ރަމީޒު ރަޖިސްޓަރީ ކުރީ އޭނާ މިދިޔަ 14 ވަރަކަށް އަހަރު މަސައްކަތް ކުރި ސަލަފް ޖަމިއްޔާ އިން މުޅިން ވަކިވުމަށްފަހު އެވެ.

އަލީ ރަމީޒު ގެންދަނީ ދީނީ ކަންކަމަށް އާންމުން ހޭލުންތެރިކުރުވުމަށާއި ދީނީ މައުލޫމާތު ފެތުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910