ޗެމްޕިއަންސް ލީގް

ފުރަތަމަ މެޗުގައި ބާސާއިން ފެންވަރު ދައްކާލައިފި

ގޯލު ޖެހުމަށްފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅުކުރަނީ
0%
0%
0%

ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ޑޯޓުމަންޓު ބަލިކޮށް ބާސާއިން ފެންވަރު ދައްކާލައިފި އެވެ.

ބާސެލޯނާގެ އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ބާސެލޯނާގެ ފަރާތުން ތަފާތު ކުޅުމެއް ފެނިގެންދިޔައިރު ޑޯޓުމަންޓުގެ ކުޅުން ފެނުނީ ވަރަށް ދަށްކޮށެވެ.

މެޗުގެ ފުރަތަމަ ގޯލު ޖެހީ ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި ރަފިންހާ އެވެ. ޑިފެންޑަރު ޕައު ކުބާސީ ފޮނުވާލި ބޯޅަ ގޯލު ލައިން މަތިން ސްކޯކުރުމަށް ރަފިންހާއަށް ފުރުސަތު ލިބުނެވެ. މި ގޯލާއެކު މިފަހަރުގެ ޗެމްޕިއަންސް ލީގުގައި ރަފިންހާގެ ގޯލުގެ އަދަދު ވަނީ 12 އަށް އަރާފަ އެވެ. މިއީ މުބާރާތުގައި މިހާތަނަށް އެންމެ ގިނައިން ގޯލު ކާމިޔާބުކުރި ކުޅުންތެރިޔާ އެވެ.

ދެވަނަ ހާފުގައި ބާސެލޯނާގެ ކުޅުން އިތުރަށް ވަރުގަދަ ކުރި އެވެ. އެގޮތުން ދެވަނަ ހާފްގެ ފުރަތަމަ ދެ ގޯލު ބާސާއަށް ކާމިޔާބުކޮށްދިނީ ޕޯލަންޑުގެ ތަޖުރިބާކާރު ސްޓްރައިކަރު ރޮބަޓް ލެވަންޑޮސްކީ އެވެ. އޭނާގެ ފުރަތަމަ ގޯލަކީ ރަފިންހާ ތަނަވަސްކޮށްދިން ފުރުސަތަކުން ބޮލުން ޖެހި ގޯލެކެވެ. ދެވަނަ ގޯލު ޖެހީ ފާމިން ލޮޕޭޒް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. މި ދެ ގޯލާއެކު ލެވަންޑޮސްކީގެ ގޯލުގެ އަދަދު މި ސީޒަނުގައި 11 އަށް އަރާފައިވެ އެވެ. އަދި މިވަގުތު އޭނާއަކީ ރަފިންހާގެ ފަހަތުން މުބާރާތުގައި އެންމެ ގިނައިން ގޯލު ޖެހި ކުޅުންތެރިޔާ އެވެ.

މެޗުގެ ފަހު ގޯލު ކާމިޔާބުކުރީ 77 ވަނަ މިނެޓުގައި ބާސެލޯނާގެ ޒުވާން ތަރި ލަމިން ޔަމާލް އެވެ. ޔަމާލް މި ގޯލް ޖެހީ ޑޯޓުމަންޓުގެ ޑިފެންސުން ހެދި ގޯހެއްގެ ބޭނުން ހިފައިގެންނެވެ.

މުޅި މެޗުގައިވެސް ޑޯޓުމަންޓުން ގޯލުގެ ދަނޑިއަށް ފޮނުވާލީ އެންމެ ތިން ހަމަލަ އެވެ. އޭގެ ތެރެއިން އެއްވެސް ހަމަލާއަކީ ނުރައްކާތެރި ހަމަލާއެއް ނޫނެވެ.

މި ދެ ޓީމުގެ ދެވަނަ ލެގު ކުޅުން އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރޭ ޑޯޓުމަންޓުގެ ދަނޑުގަ އެވެ. ފުރަތަމަ ލެގުގައި 4-0 އިން ލީޑުކުރާ ބާސެލޯނާ ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910