ހުޅުމާލެ

ސޭފް ހޯމް އަޅަން ސަރުކާރުން ހުޅުމާލެއިން ބިމެއް ގަނެފި

ހުޅުމާލެ -- ފޮޓޯ: އަވަސް
0%
0%
0%

ގެވެށި އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ހާއްސަކޮށްގެން ހަދާ "ސޭފް ހޯމް" ތަރައްގީކުރަން ސަރުކާރުން ހުޅުމާލެ އިން ބިމެއް ގަނެފި އެވެ.

އެޗްޑީސީ އިން 31 މިލިއަން ރުފިޔާއަށް ވިއްކާފައިވާ 10،000 އަކަފޫޓުގެ ބިން ސިވިލް ކޯޓުގެ ހުކުމަކުން މިހާރު ވަނީ ސަރުކާރަށް މިލްކޮށްދީފަ އެވެ.

ހުޅުމާލޭ ލޮޓް ނަމްބަރު 11707 (A2-1)ގެ ބިމަށް ސަރުކާރުން ފައިސާ ދައްކާ ހަލާސްކޮށްފައިވާތީ ފެމިލީ މިނިސްޓްރީ އާއި ފިނޭންސް މިނިސްޓްރީއާ ދެމެދު އެއްބަސްވުމެއް ހަދައި ސަރުކާރުން މިހާރު ވަނީ އެ ބިމާ ހަވާލުވެފަ އެވެ.

ރާއްޖެ އާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކާ ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގެ އިތުރުން އައްޑު އާއި ރ. އުނގޫފާރުގައިވެސް ސޭފް ހޯމް އެޅުމަށް ހަމަޖެހިފައިވެ އެވެ.

ގެވެށި އަނިޔާ ލިބިގެން ސޭފް ހޯމަށް ގެނެވޭ މީހުން އެ ތަނުގައި ބައިތިއްބައިގެން އެމީހުންނަށް ބޭނުންވާ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދޭނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910