ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ވީއައިއޭ ތަރައްގީކުރަން ސައުދީ ފަންޑުން 287 މިލިއަން ރުފިޔާގެ ލޯނެއް

0%
0%
0%

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ތަރައްގީގެ މަޝްރޫއަށް ސައުދީ ފަންޑް ފޮ ޑިވެލޮޕްމަންޓުން 63.7 މިލިއަން ސައުދީ ރިޔާލް -- 287 މިލިއަން ރުފިޔާގެ ލޯނު އެހީދީފި އެވެ.

މި ލޯނު އެހީގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އެވެ. ސައުދީ ފަންޑްގެ ފަރާތުން ސޮއިކުރެއްވީ އެ ފަންޑްގެ ސީއީއޯ ސުލްތާން ބިން އަބްދުލް ރަހްމާން އަލް މުރުޝިދެވެ.

ވީއައިއޭ ތަރައްގީކުރުމުގެ މަޝްރޫއަށް ހަމަޖެހިގެން ދިޔަ އިތުރު ފައިނޭންސިންގެ ސަބަބުން މި މަޝްރޫއު އަވަސް ސްޕީޑެއްގައި ނިމުމަށް އެހީތެރިވެގެން ދާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

މި މަޝްރޫއު ނިމުމާއެކު ރާއްޖެއަށް އިގުތިސާދީ ގޮތުން ގިނަގުނަ ފައިދާތަކެއް ކުރާނެ އެވެ.

އެގޮތުން ފަތުރުވެރިންނަށާއި އިތުރު އެއާލައިންތަކަށް ޖާގަ ލިބި ފަތުރުވެރިކަމާއި ވިޔަފާރި އަދި ދަތުރުފަތުރާއި ގުޅުންހުރި ސިނާއަތްތަކަށް ކުރިއެރުން ލިބިގެންދާނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910