ބޯހިޔާވަހިކަން

ހައުސިންގެ ބައެއް މަޝްރޫއު ރޯދަމަސް ނިމޭއިރު ފަށަނީ

މާލޭގައި ހަދަމުންދާ ހައުސިން ޔުނިޓްތަކެއްގެ ކައިރިން ބަޔަކު ދުއްވާފައި ދަނީ -- ފޮޓޯ: އަވަސް
0%
0%
0%

ރޯދަ މަސް ނިމޭއިރު ބޯހިޔާވަހިކަމުގެ ބައެއް މަޝްރޫއުތައް ފެށޭނެ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާގައި މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މިހާރު އިއުލާނުކޮށްފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށާއި ބައެއް މަޝްރޫއުތައް ރޯދަ މަސް ނިމޭއިރު ފެށޭނެ ކަމަށެވެ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން ރާއްޖޭގެ 57 ރަށެއްގައި 12،000 އަށްވުރެ ގިނަ ހައުސިން ޔުނިޓު އިމާރާތްކުރާނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކުރީ މިދިޔަ ޖެނުއަރީ މަހު އެވެ.

މި ހައުސިން ޔުނިޓްތައް އިމާރާތްކުރަނީ އިންޓަނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އައިސީބީ) އާއި ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިން (އެންސީބީ) އުސޫލުތަކާއި ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ބާބު 10 ގައި ބަޔާންކުރާ ހަމަތަކުގެ މަތިންނެވެ.

މި މަޝްރޫއުގެ ދަށުން އެކި ރަށްރަށުގައި 30 ހައުސިން ޔުނިޓުން ފެށިގެން 2،000 ހައުސިން ޔުނިޓާ ހަމައަށް ހައުސިން ޔުނިޓް އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345