ގދ. ތިނަދޫ

ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަނީ

Apr 30, 2022
ގދ. ތިނަދޫ: އެރަށުގައި 200 ހައުސިން ޔުނިޓް އަޅަން ސަރުކާރުން ވަނީ ނިންމާފައި --
0%
0%
0%

ގދ. ތިނަދޫގައި ޑިޒައިން އެންޑް ބިޑް އުސޫލުން 200 ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީ އިން އިއުލާނުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީގެ އިއުލާނުގައިވާ ގޮތުގައި އެކަމަށް ޝަރުތު ހަމަވާ ފަރާތްތަކުން ބިޑު ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ. ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ފީގެ ގޮތުގައި 500 ރުފިޔާ ދައްކައިގެންނެވެ.

މިނިސްޓްރީގެ އިއުލާނު ބުނީ ބިޑް ސެކިއުރިޓީއެއްގެ ގޮތުގައި 1،050،500 ރުފިޔާ ނުވަތަ އެ އަދަދާ އެއްވަރަށް ޑޮލަރުން ހުށަހަޅަން ޖެހޭ ކަމަށެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީހުން ފެށެގެން 148 ދުވަހެވެ.

ބީލަން ހުޅުވުން އޮންނާނީ އަންނަ މަހުގެ 30 ވަނަ ދުވަހު ކަމަށް މިނިސްޓްރީ އިން ބުންޏެވެ.

މި ޕްރޮޖެކްޓާ ގުޅޭ ފޯމާއި ލިޔެކިޔުންތައް މިނިސްޓްރީގެ ވެބްސައިޓުން ފެންނަން ހުންނާނީ އަންނަ މަހުގެ އަށްވަނަ ދުވަހުން ފެށިގެންނެވެ.

ރާއްޖޭގެ އެންމެ އާބާދީ ބޮޑު ރަށްތަކުގެ ތެރޭގައި ތިނަދޫ ހިމެނޭއިރު، އެރަށުގައި ވެސް ބޯހިޔާވަހިކަމުގެ ދަތިކަމުގެ މައްސަލަ ވަރަށް ބޮޑެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345