ހަބަރު

އެމްއެންޔޫގެ ދެވަނަ ސެމެސްޓާގެ ސްކޮލާޝިޕް ތަކަށް ހުޅުވާލައިފި

މޯލްޑިވްސް ނެޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ) ގެ މި އަހަރުގެ ދެވަނަ ސެމެސްޓާގައި ކޯސްތަކަސް ކުރިމަތިލާ ފަރާތްތަކަށް ސްކޮލާޝިޕަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ. ސްކޮލަޝިޕް ދޫކުރަނީ ޕޯސްޓް ގްރެޖުއޭޓް އަދި އަންޑަ ގްރެޖުއޭޓް ލެވެލްގެ ކޯސްތަކަށެވެ.

އެމްއެންޔޫ އިން ހިންގާ ސްޓޫޑެންޓް ސްކޮލަރޝިޕް ސްކީމްގެ ދަށުން އަހަރުގެ ދެވަނަ ޓާރމްގައި އަލަށް ކޯސްތަކަށް ކުރިމަތިލާ ފަރާތްތަކަށް ޓިއުޝަން ފީ ހިލޭ ދެވޭނެ އެވެ.

ޔުނިވަސިޓީން ބުނީ، ޓިއުޝަން ފީ ހިލޭ ކުރުމަކީ، ދަރިވަރުން ދައްކަންޖެހޭ ކޯސް ފީ މާފުކުރުން ކަމަށެވެ. ނަމަވެސް އޭގެ ތެރޭގައި ދަރިވަރުންގެ ޔޫނިއަނަށް ދައްކަންޖެހޭ ފީ ހިމެނިފައެއް ނުވާނެ ކަމަށެވެ.

އަންޑަގްރެޖްއޭޓް ސްކޮލަޝިޕްގައި ހިމެނެނީ އެމްއެންޔޫއިން އެޑްވާންސްޑް ސެޓުފިކެޓުން ފެށިގެން ފުރަތަމަ ޑިގްރީ ފެންވަރުގެ ކޯހެއްގައި ކިޔެވުމަށް ދަރިވަރުންނަށް ކޯހުގެ ފީ ޔުނިވާސިޓީން ދައްކައިދިނުމުގެ އިތުރުން، ފުލްޓައިމް މުއްދަތު ނިމެންދެން ފައިސާގެ އެލަވަންސްތަކެއް ދިނުމެވެ. ޕޯސްޓްގްރެޖްއޭޓް ސްކޮލާޝިޕްގައި ހިމެނެނީ ފުލަޓައިމް ޕޯސްޓްގްރެޖްއޭޓް ކޯހެއްގައި ކިޔެވުމަށް ޓިއުޝަންފީއާއި ކޯހުގެ މުއްދަތު ނިމެންދެން ކަނޑައެޅިފައިވާ ފައިސާގެ އެލަވަންސްތަކެއް ދިނުމެވެ.

އަންނަ ޖުލައި މަހުގެ 14 އާ ހަމައަށް ސްކޮލާޝިޕް ފޯމް އެ ޔުނިވަސިޓީން ބަލައިގަންނާނެ އެވެ.