ރާއްޖެ ކުޅިވަރު

އެފްއޭއެމްގެ ރައީސްކަމަށް ތޯރިގް ވާދަކުރައްވަން އިލްހާމްގެ ތާއީދު!

އެފްއޭމްގެ ރައީސް ކަމަށް މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ވާދަކުރެއްވުމަށް ތާއީދުކުރައްވާކަން ދޭހަވާ ގޮތަށް ދަނގެތި ދާއިރާގެ މެމްބަރު، އަދި އެފްއޭއެމްގެ ކުރީގެ ރައީސް އިލްހާމް އަހުމަދު މިއަދު ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވައިފި އެވެ.

ކުރީގެ ރައީސުންނަށް ދޭންޖެހޭ އިނާޔަތްތައް އުނިކުރުމާ ބެހޭގޮތުން މިއަދު މަޖިލީހުގެ ތަޅުމުގައި އޮތް ބަހުސްއެއްގައި މެންބަރު އިލްހާމް ވަނީ ތޯރިގު ނަން ބޭނުން ކުރެއްވި އިރު "އެފްއޭއެމްގެ ރައީސް" ބޭނުން ކުރައްވާ އެ މަގާމަށް ތޯރިގު އެންޑޯސް ކުރެއްވިކަން ދޭހަވާ ގޮތަށް ވާހަކަފުޅު ދައްކަވާފައެވެ.

އެނގިފައިވާ ގޮތުގައި ކުރިއަށް އޮތް އެފްއޭއެމްގެ އިންތިހާބުގައި ތޯރިގް ވާދަކުރައްވަ އެވެ. އަދި ރައީސް ކަމަށް ތޯރިގް ހޮއްވެވުމަށް އިލްހާމް ގެންދަވަނީ ވަރަށް ބޮޑަށް މަސައްކަތް ވެސް ކުރައްވަމުންނެވެ. މިކަމާ ގުޅޭގޮތުން މެންބަރު އިލްހާމްގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.