ޗައިނާ

ޗައިނާއިން ދޭ ހަ ސްކޮލަޝިޕަށް ހުޅުވާލައިފި

ޗައިނާ ސަރުކާރުން ރާއްޖެއަށް ދީފައިވާ ހަ ސްކޮލަޝިޕް ފުރުސަތަށް ފޯމް ހުށަހަޅަން ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަން އިން މިއަދު ހުޅުވާލައިފި އެވެ.

ހަޔަ އެޑިއުކޭޝަނުން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، ރާއްޖޭގައި ކިޔަވައިގެންތިބި މީހުން މަދު 12 ދާއިރާއަކުން ހަ ދަރިވަރަކަށް ކޯހުގެ ހުރިހާ ހަރަދެއް އެ ސްކޮލާޝިޕުން ހިލޭދޭ ލިބޭނެ ކަމަށެވެ. ސްކޮލާޝިޕަށް ހުޅުވާލާފައިވަނީ ހަމަ އެކަނި މާސްޓާސް ޑިގްރީއާ ޕީއެޗްޑީ އަށް ކިޔެވުމަށެވެ.

ޗައިނީޒް ސްކޮލަރޝިޕް ކައުންސިލްއިން ސްކޮލާޝިޕްދޭން ނިންމާފައިވާ ދާއިރާތަކުގެ ތެރެއިން ސްކިލް ޝޯޓޭޖް ލިސްޓްގައި ހިމެނިފައިވާ ދާއިރާތައް:

- ސައިންސް - މެނޭޖްމަންޓް

- އިންޖިނިއަރިން - އެޑިޔުކޭޝަން

- އެގްރިކަލްޗަ - ހިސްޓްރީ

- މެޑިސިން - ލިޓްރެޗަ

- އިކޮނޮމިކްސް - ފިލޯސޮފީ

- ލީގަލް ސްޓަޑީޒް - ފައިން އާރޓްސް

މި ސްކޮލާޝިޕަށް ހުށަހަޅާ ފަރާތްތަކަކީ 40 އަހަރުން ދަށުގެ މީހުންނަށް ވާންޖެހެ އެވެ. އަދި ކޯހާ ގުޅޭ ދާއިރާއަކުން ޑިގްރީއެއް ނުވަތަ މާސްޓަސް ޑިގްރީއެއް ހާސިލްކޮށްފައިވާ ފަރާތަކަށް ވާން ޖެހެއެވެ.

ސްކޮލާޝިޕަށް އެދި ފޯމް ހުށަހަޅަންޖެހޭނީ އޭޕްރިލް 10 ވާ އާދީއްތަ ދުވަހުގެ ކުރިން ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަން އަށެވެެ.