އެކްސިޑެންޓް

މީހަކު މަރުވި މައްސަލާގައި ހައްޔަރުކުރި ޑްރައިވަރު ގޭބަންދަށް ބަދަލުކޮށްފި

އެންޒީ ފެކްޓްރީގެ ތެރޭގައި ބޭނުންކުރި ޕިކަޕެއް ފަހަތަށް ޖެއްސުމުގެ ތެރޭގައި އެ ފިކަޕުން ޖެހިގެން މީހަކު މަރުވި މައްސަލާގައި ހައްޔަރުކުރި ބިދޭސީ މީހާ 15 ދުވަހަށް ގޭބަންދަށް ބަދަލުކޮށްފި އެވެ. އޭނާ ގޭބަންދަށް ބަދަލުކުރީ އިއްޔެ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 31 އަހަރުގެ ބަންގްލަދޭޝްގެ ރައްޔިތެކެވެ. އޭނާ އަކީ އެވަގުތު ޕިކަޕް ދުއްވަން އިން ޑްރައިވަރެވެ.

މީޑިއާ އޮފިޝަލު ވިދާޅުވީ، މައްސަލާގައި ހައްޔަރުކުރި ބިދޭސި މީހާ އިއްޔެގެ ވަގުތެއްގައި ގޭބަންދަށް ބަދަލުކޮށްފި ކަމަށެވެ. އޭނާ ބަންދުކުރީ 15 ދުވަހަށް ކަމަށެވެ.

ފެކްޓްރީގައި މަސައްކަތްކުރަން އުޅުމުގެ ތެރޭގައި ފަޖަތަށް ޖެއްސި ޕިކަޕެއްގައި ޖެހިގެން މަރުވީވެސް އެ ފެކްޓޮރީގައި މަސައްކަތްކުރާ ބިދޭސީއެކެވެ. މިމަހުގެ ކުރީކޮޅު ހިނގި އެ ހާދިސާގައި ޒަހަމްވި ބިދޭސީ މީހާ ހޮސްޕިޓަލަށް ގެނައި އިރުވެސް އޮތީ މަރުވެފަ އެވެ.