އެމްޑީޕީ

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިފި

އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ މަގާމްތަކަށް އަލުން މެންބަރުން ހޮވާ އިންތިހާބު އަންނަ އޭޕްރިލް މަހަށް ތާވަލުކޮށް މަގާމުތަކަށް ކުރިމަތިލާން ފުރުސަތު ހުޅުވާލައިފި އެވެ.

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ އިންތިހާބު ބާއްވަން ނިންމާފައިވަނީ އަންނަ އޭޕްރީލް މަހުގެ 27 ވަނަ ދުވަހު އެވެ.

އެމްޑީޕީން ބުނީ އަންނަ މަހުގެ 27 ގައި ޕީޖީ ގްރޫޕްގެ އިންތިހާބު ބާއްވަން އެ ޕާޓީގެ އިންތިހާބާ ބެހޭ ކޮމިޓީން ނިންމާފައިވާ ކަމަށާއި އެހެންކަމުން މަގާމްތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އަންނަ ހޮނިހިރު ދުވަހުގެ 11:00 ގެ ކުރިން ޕާޓީގެ ސެކްރެޓަރީއަށް ސިޓީ ހުށަހަޅަންޖެހޭނެ ކަމަށެވެ.

  • ޕީޖީ ގްރޫޕަށް އިންތިހާބު ކުރާ މަގާމުތައް

ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު
ޕާލިމެންޓަރީ ގްރޫޕްގެ ދެ ޑެޕިއުޓީ ލީޑަރުން
އަމީން އާއްމު
އަމީން އާއްމުގެ ނާއިބު
ޗީފް ވިޕް
އިތުރު ދެ ވިޕުން

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރަކަށް މިހާރު ހުންނެވީ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު، އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ.