ވިޔަފާރި

ރާއްޖޭގެ ރިޒާވް 700 މިލިއަން ޑޮލަަރަށް އަރައިފި

Apr 2, 2016
2
0%
0%
0%
  • ޔޫޒަބަލް ރިޒާވްގެ 26 ޕަސެންޓް އިތުރުވި
  • ރަސްމީ ރިޒާވް 10 ޕަސެންޓް އިތުރުވި
  • ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރީ 248 މިލިއަން ޑޮލަރު
ދޯންޏަކުން މަހެއް ބާލަނީ: ރިޒާވް އިތުރުވުމުގެ މައިގަނޑު ސަބަބަކީ ބޭރު ފައިސާ އިތުރުވުން.--އަވަސް ފޮޓޯ: އަހުމަދު އަޒާން

ރާއްޖޭގެ ރަސްމީ ރިޒާވް ފުރަތަމަ ފަހަރަށް 700 މިލިއަން ޑޮލަަރަށް އަރައިފި އެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް މޯލްޑިވްސް މަނިތަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނި ގޮތުގައި ފެބްރުއަރީ މަސް ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވްގެ ގޮތުގައި 702.5 މިލިއަން ޑޮލަރު އެބަހުއްޓެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 10 ޕަސެންޓު އިތުރު އަދަދެކެވެ. އަދި މިއީ މި އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު 19 ޕަސެންޓް އިތުރު އަދަދެކެވެ.

މަރުކަޒީ ބޭންކުން ބުނި ގޮތުގައި ފެބްރުއަރީ މަސް ނިމުނުއިރު ރަސްމީ ރިޒާވްގެ ތެރޭގައި ހިމެނޭ ޔޫޒަބްލަ ރިޒާވްގެ ގޮތުގައި ހުރީ 248.2 މިލިއަން ޑޮލަރެވެ. މިއީ ޔޫޒަބަލް ރިޒާވްގެ ގޮތުގައި ހުރި އަދަދު މަހުން މަހަށް ބަލާއިރު 26 ޕަސެންޓް އިތުރު އަދަދެކެވެ. އަދި އަހަރުން އަހަރަށް ބަލާނަމަ 44 ޕަސެންޓް އިތުރު އަދަދެކެވެ.

އެމްއެމްއޭއިން ބުނި ގޮތުގައި ފެބްރުއަރީ މަހު ޔޫޒަބަލް ރިޒާވް އިތުރުވުމުގެ މައިގަނޑު ސަބަބަކީ ބޭރު ފައިސާ އިން ސަރުކާރަށް ލިބުނު އާމްދަނީ އިތުުރުވުމެވެ.

ޔޫޒަަބަލް ރިޒާވްއަކީ ބޭރުފައިސާގެ އެކި މުއާމަލާތްތައް ވަގުތުން ވަގުތަށް ކުރަން ބޭނުންކުރާ ފައިސާ އެވެ.

އިކޮނޮމިކް މިނިސްޓްރީންވެސް ދާދިފަހުން ބުނެފައިވަނީ ރާއްޖޭގެ ރިޒާވް މި އަހަރު ތެރޭގައި އިތުރު ވެގެންދާނެ ކަމަށެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

މުސް

ޓީބިލް ގެ ވާހަކަ ނުދެއްކިޔާ ރަންގަޅު ވާނީ ... 2008 ކުން 2012 ވިއްކި ޓިބިލް ތަފްސީލް ދިފިޔާ ލަޓި ބުރިހިފައިގެން ދާނެ އެއިރު ވެރިކަންކުރި ކުދިންކަރިޔައް.. ތިތަފްސީލް ހޯދަން ނުއުޅެ ...

ނާނީ

ޓީބިލް ވިއްކީމަ ދަރަނި ބޮޑުވެފަ އޮތްވަރު ކީއްވެ ތޯ ނުޖެހީ؟ ދަރަނި އެހާ ބޮޑުވަންޏާ ރިޒާވްއަކީ ނެތް އެއްޗެއް... އޮހް ދެން އަވަސް އިން ނުޖަހާނެތާ އެވާހަކައެއް ދޯ އަދި މި ކޮމެންޓްވެސް

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910