ހަބަރު

މުޒާހަރާ ކުރި ގިނަ ނޫސްވެރިން ހައްޔަރުކޮށްފި

  • 16 ނޫސްވެރިއަކު ހައްޔަރު ކުރި
  • ގިނައީ ހަވީރާއި މިނިވަންގެ ނޫސްވެރިން
  • މުޒާހަރާ ކުރީ ރައީސް އޮފީސް ކުރިމަތީ

ނޫސްވެރިންގެ ހައްގުތައް ހޯދުމަށް ކަމަށް ބުނެ ކުރަމުންދާ އިހުތިޖާޖުގެ ތެރެއިން ގިނަ އަދަދެއްގެ ނޫސްވެރިން ހައްޔަރުކޮށް ބައެއް ނޫސްވެރިންނަށް އަނިޔާ ވެސް ލިބިއްޖެ އެވެ. ހައްޔަރު ކުރި ގިނަ ނޫސްވެރިންނަކީ ހަވީރު ނޫހާއި މިނިވަން ނޫހުގެ ނޫސްވެރިންނެވެ. މީގެއިތުރުން ސަންގް ޓީވީގެ ނޫސްވެރިން ވެސް ހައްޔަރުކޮށްފައިވެ އެވެ. ގާތްގަނޑަކަށް 12 ނޫސްވެރިން ހައްޔަރުކޮށްފައިވާ ކަމަށްވެ އެވެ.

ހަވީރު ނޫހާއި މިނިވަން ނޫހުގެ ނޫސްވެރިން އިސްނަގައިގެން ފެށި މި އިހުތިޖާޖުގައި ރާއްޖޭގެ މީޑިއާތަކުގެ ގިނަ ނޫސްވެރިން ބައިވެރިވެ އެވެ. މި އިހުތިޖާޖަކީ ނޫސްވެރިންނަށް ކުރިމަތިވެފައިވާ ނުތަނަވަސްކަމާއި ގެއްލެމުންދާ ހައްގުތައް ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށް އަޑުއުފުލާ ކުރި އިހުތިޖާޖެކެވެ. އިހުތިޖާޖު ފުރަތަމަ ފެށީ މީޑިއާ ކައުންސިލް ކުރިމަތިންނެވެ. އަދި އެއަށް ފަހު ނޫސްވެރިން ޝުއޫރުފާޅު ކުރަމުން ގޮސް މަޖީދީ މަގުން އަލިކިލެގެފާނު މަގުން މުލިއާގެ ކައިރިން ގޮސް ނޫސްވެރިން ވަނީ ރައީސް އޮފީސް ކުރިމައްޗަށް އެއްވެ ޝުއޫރުފާޅު ކޮށްފަ އެވެ.

ރައީސް އޮފީސް ކައިރިއަށް ނޫސްވެރިން އެއްވުމުން އެ ސަރަހައްދުން ނޫސްވެރިން ފޮނުވާލުމަށް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްފަ އެވެ. އެގޮތުން ޕެޕާ ސްޕްރޭ ޖަހާ ނޫސްވެރިން ފަހަތަށް ޖައްސާފައިވާއިރު ސިފައިން ވެސް ވަނީ ނޫސްވެރިން ފަހަތަށް ޖެއްސުމުގެ އޮޕަރޭޝަންގައި ހަރަކާތްތެރިވެފަ އެވެ.

ބައެއް ނޫސްވެރިން ހައްޔަރުކޮށްފައިވާއިރު ނޫސްވެރިއަކަށް ދަނީ އޭޑީކޭގައި ފަރުވާ ދެމުންނެވެ.