އުމަރު ނަސީރު

އަންނަ އަހަރު ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ހިދުމަތް ފުޅާކުރާނަން: އުމަރު

އަންނަ އަހަރު ރާއްޖޭގެ ހުރިހާ ރަށަކަށް ފުލުހުންގެ ހިދުމަތް ފުޅާކުރާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރް ވިދާޅުވެއްޖެ އެވެ. އުމަރު މިހެން ވިދާޅުވީ ފުލުހުންގެ 83 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނެވެ.

އުމަރު ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ސުލޫކީ ހިދުމަތް ފޯރުކޮށްދޭނެ ދިނުމަކީ ސަރުކާރުގެ އެއްވައުދު ކަމަށާއި ކުރިޔަށް އޮތް އަހަރު މަސައްކަތް ކުރާނީ އެ ވައުދު ހާސިލް ކުރުމަށް ކަމަށެވެ. އެގޮތުން މިހާރު މިހާރު ދަނީ އެކަން ކުރެވޭނެ ގޮތްތަށް ބަލަމުން ކަމަށާއި އަދި އަންނަ އަހަރު ހުރިހާ ރަށަކަށް ފުލުުހުންގެ ހިދުމަތް ފުޅާ ކުރާނެ ކަމަށް އުމަރު ވިދާޅުވި އެވެ.

"ހުރިހާ ރަށަކަށް ފުލުހުންގެ ހިދުމަތް ފުޅާކުރަން ފުލުހުންގެ ފައުޖަށް މީހުން އިތުރު ކުރާނަން. އެކަމަށް ޕޮލިސް ސަޕޯޓު އޮފިސަރުން ވެސް ބޭނުން ކުރާނަން. އެގޮތުން 3000 އަށް ވުރެއް މަތީ އާބާދީ ތަކުގައި ފުލުހުންގެ ސްޓޭޝަންތައް ގާއިމްކޮށް 3000 އަށް ވުރެއް ދަށް އާބާދީ އުޅޭ ނަމަ ފުލުހުންގެ ޑެސްކުގެ ހިދުމަތް ދޭނެ ވާހަކަ ދަންނަވަން،" އުމަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޕޮލިސް ސަޕޯޓް އޮފިސަރުންގެ ގޮތުގައި ފައުޖެއް އަންނަ އަހަރު ނެރޭނެ ކަމަށާއި އެމީހުންވެސް ތިބޭނީ ފުލުހުންގެ ޔުނީފޯމް އަޅައިގެން ނަމަވެސް ފުލުހުންނަށް ލިބޭ ހުރިހާ ބާރެއް ނުލިބޭނެ ކަމަށެވެ. އަދި މި ސަޕޯޓް އޮފިސަރުންނާއި ސްޕެޝަލް ކޮންސްޓަބިލިޓީ ބޭނުންކޮށްގެން ރާއްޖޭގެ ހުރިހާ ރަށެއްގައި އަންނަ އަހަރު ފުލުހުންގެ ހިދުމަތް ފުޅާ ކުރާނެ ކަމަށް އުމަރު ވިދާޅުވި އެވެ.