ހަބަރު

ވަގަށް ނެގި ތަކެއްޗާއެކު ނިދާފައި އޮތް ވަގަކު ހައްޔަރުކޮށްފި

Jan 31, 2015

ވަގަށް ނެގި ތަކެއްޗާއެކު ނިދާފައި އޮތް ވަގަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މީހާ ވައްކަންކޮށްފައި ވަނީ ހުޅުމާލޭ ފްލެޓަކުން ކަމަށާއި ހައްޔަރު ކުރީ ވަގަށް ނެގި ސާމަނާއެކު ފްލެޓްގެ ސިޓިން ރޫމެއްގެ ސޯފާއެއްގައި ނިދާފައި އޮއްވާ ކަމަށެވެ. ވަގަށް ނެގި ތަކެތި ހުރީ ސޯފާ ކައިރީގައެވެ.

އޭގެ ތެރޭގައި ޕީއެސް އަކާއި ދެ ޖޮއިސްޓިކާ ޕަވާ ކޭބަލަކާއި ސައިފަތް ފޮއްޓެއް ހިމެނެ އެވެ.