ވިޔަފާރި

ދިރާގުން ސްމާޓް ހޯމްގެ ޕެކޭޖުތަކެއް ތައާރަފުކޮށްފި

Apr 4, 2016
3

ދިރާގުން ސްމާޓް ހޯމްގެ ޕެކޭޖުތަކެއް މިއަދު ތައާރަފުކޮށްފި އެވެ.

ދިރާގުން މިއަދު ތައާރަފު ކުރި ޕެކޭޖުތަކުގެ ތެރޭގައި ހާއްސަ ޑިވައިސްތަކެއްގެ އެހީގައި "ސްމާޓް ހޯމް" ގެ ހިދުމަތް ފަސޭހަކަމާއެކު ބޭނުންކުރެވޭނެ އެވެ. މިގޮތުން މި ހިދުމަތް މެދުވެރިކޮށް މޮބައިލް ފޯނުފަދަ ސްމާޓް ޑިވައިޒެއްގެ އެހީގައި ދުނިޔޭގެ ކޮންމެ ހިސާބެއްގައި ހުރެގެން ވެސް ގޭގެ ކޮންޓްރޯލް ނެގިދާނެ އެވެ.

ދިރާގުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސުގައި އެ ކުންފުނީގެ މެނޭޖަރު މާކެޓިން އެންޑް ކޮމިއުނިކޭޝަން މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ ދިރާގުގެ އަމާޒަކީ ކަސްޓަމަރުންނަށް ލުއި ހިދުމަތްތަކެއް ތައާރަފު ކުރުން ކަމަށެވެ.

"ދިރާގުން މިދެނީ ކުރިއަށް އޮތް ދުވަސްތަކުގައި ވާނެ ކަމެއްގެ ވާހަކައެއް ނޫން. މި ހިދުމަތް ބޭނުންކޮށްގެން ކޮންމެ ވަގުތެއްގައި ވެސް ފޯނު މެދުވެރިކޮށް ގެ ސްމާޓް ކޮށްލެވޭނެ،" މިރުޝާން ވިދާޅުވި އެވެ.

ދިރާގުން މި ހިދުމަތް ދިނުމަށް ބޭނުންކުރާ ޑިވައިޒް ފޯރުކޮށްދެނީ މިފަދަ ޑިވައިސްތައް ތައާރަފު ކުރުމަށް މަޝްހޫރު ޗައިނާގެ ބްރޯޑްލިންކް ކުންފުނިންނެވެ.

ދިރާގުން މިއަދު ތައާރަފުކުރި "ސްމާޓް ހޯމް" ޕެކޭޖުތަކުގެ ތެރޭގައި ހިމެނެނީ ސްމާޓް ހޯމް ސިވިލްވަ އާއި ސްމާޓް ހޯމް ގޯލްޑް އަދި ސްމާޓް ހޯމް ޕްލެޓިނަމް އާއި ސްމާޓް ހޯމް ސެކިއުރިޓީ އެވެ. މި ޕެކޭޖުތަކަށް ހަ މަސް ދުވަހާއި 12 މަސް ދުވަސް އަދި 18 މަސް ދުވަހުން ބަހާލައިގެން ފައިސާ ދެއްކެ އެވެ.