ބޭރު ކުޅިވަރު

ބެންފީކާ އަކީ ބަލިކުރަން އުނދަގޫ ޓީމެއް: ގޮޓްޒޭ

ޗެމްޕިއަންސް ލީގުގައި މިރޭ ޕޯޗުގަލްގެ ބެންފީކާއާ ދެކޮޅަށް ނުކުންނައިރު އެއީ ބަލިކުރަން އުނދަގޫ ޓީމެއް ކަމަށް ބަޔާން މިއުނިކުން ބުނެފި އެވެ.

މިޑްފީލްޑަރު މާރިއޯ ގޮޓްޒޭ ބުނީ ޕޯޗުގަލްގެ ޕޯޓޯއާ ދެކޮޅަށް ވެސް ބަޔާނަށް ވަރުގަދަ މެޗެއް ކުޅެން ޖެހުނު ކަމަށާއި މިހެންވެ ބެންފީކާ މެޗު އެއްގޮތަކަށް ވެސް ފަސޭހަނުވާނެ ކަމަށެވެ.

"އެމީހުންނަކީ މުބާރާތް ކާމިޔާބު ކުރުމުގެ ގާބިލްކަން ހުރި ޓީމެއް. އެކަމަކު އެއީ އަހަރުމެން އެކަމާ ބިރުގަނެ ފަހަތަށް ޖެހެންވީ ކަމެއްނޫން. އަހަރުމެން ޖެހޭ ކުރިއަށް ނުކުމެ މެޗުގައި ރަނގަޅަށް ކުޅެން،" ގޮޓްޒޭ ބުންޏެވެ.

އޭނާ އަދި ބުނީ މުބާރާތުގެ ކުއާޓާ ފައިނަލުގައި ބަލި ޓީމެއް ނޯންނާނެ ކަމަށާއި މިހިސާބުން ކޮންމެ ޓީމެއް ވެސް މުބާރާތުން ވަކިވާނެ ޖެހިދާނެ ކަމަށެވެ. މިހެންވެ ބަޔާން މިއުނިކް އެހުރިހާ ކަމަކަށް ވެސް ތައްޔާރުވާނެ ކަމަށެވެ.