ހަބަރު

ކުޅުދުއްފުށީ ގެއަކުން ސިހުރު ހެދުމަށް ބޭނުންކުރާ ޒާތުގެ ފޮތްތަކެއް ހޯދައިފި

ހދ. ކުޅުދުއްފުށީ ގެއެއް ބަލައިފާސްކޮށް ސިހުރު ހެދުމަށް ބޭނުންކުރާ ތަކެތި ހޯދައިފި އެވެ.

ފުލުހުންގެ ބުނީ ޕޮލިސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނާއި ފުލުހުން އިންޓެލިޖެންސް ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން އެގެ ބަލައިފާސްކުރިއިރު އެގެއިން ސިހުރު ހެދުމަށް ބޭނުންކުރާ ފޮތްތަކަކާއި ލިޔުންތަކެއް ފެނިފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލާގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމްށް ފުލުހުން ބުންޏެވެ.

މިފަހަކަށް އައިސް އެކި ޒާތްޒާތުގެ ސިހުރު ހަދާތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަ މައްސަލަތައް ވަނީ އިތުރުވެފަ އެވެ. ގިނައިން އެފަދަ މައްސަލަތައް އަންނަނީ އަތޮޅުތަކުގެ ތެރެއިންނެވެ.