ވިޔަފާރި

މީރުކޮށް ކައްކަން އެނގޭތަ؟ ފުޑްހަބުން މި ދެނީ ރަނުގެ ފުރުސަތެއް!

Apr 7, 2016
2
  • ގޭގައި އުފައްދާ ކެއުންތައް ވިއްކާލެވޭ
  • މިއީ ވިޔަފާރީގެ ރަނުގެ ފުރުސަތެއް
  • ކުދި ވިޔަފާރިތަކަށް މުހިންމުކަން ބޮޑު

މީރުކޮށް ކައްކަން އެނގޭ ހެއްޔެވެ؟ ތިޔަ ބޭކަރީގައި ކޭކް އަޅާ ހެއްޔެވެ؟ ކުދި ވިޔަފާރިތަކަށް މި އޮތީ ރަނުގެ ފުރުސަތެއް ހުޅުވާލައިފަ އެވެ. މި ފުރުސަތު ދެނީ "ފުޑްހަބް ޑޮޓް އެމްވީ" އިންނެވެ.

"މި ފުރުސަތަކީ ގެ އާއި ބޭކަރީ ފަދަ ތަންތަނުގައި ކާތަކެތި ތައްޔާރުކުރާ މީހުނަށްދެވޭ ރަނުގެ ފުރުސަތެއް،" ފުޑްހަބްގެ މާކެޓިން މެނޭޖަރު އެންޑް ޕީއާރު ނާވީ އާދަމް ވިދާޅުވި އެވެ.

ފުޑް ހަބުން ދީފައިވާ މި ފުރުސަތުގެ ބޭނުން ހިފާށެވެ. އޭރުން ހީވެސް ނުކުރާ ކަހަލަ ފައިދާތަކެއް ލިބޭނެ އެވެ. އާމްދަނީ އިތުރު ކުރުމަށް މިވަރުގެ ފުރުސަތެއް މަދުވާނެ އެވެ.

ފުޑްހަބްގައި ރަޖިސްޓްރީވުމުން ވިޔަފާރި ފެށޭ!؟

ފުޑް ހަބް ވިއުގައަކީ ކޮންމެ ދުވަހަކު އެތައް ހާއްސަ ބަޔަކު ވަންނަ ބޮޑު ވިއުގަ އެކެވެ. މި ޕްލެޓްފޯމް ބަލާ މީހުންގެ އަދަދު ލައްކައަކާ ކައިރި ކުރެ އެވެ. މި ފުރުސަތުގެ ދަށުން ގޭގެ އާއި ކުދި ވިޔަފާރި އަދި ބޭކަރީ ފަދަ ތަންތަނުގައި އުފައްދާ ތަކެތި ވިއްކިދާނެ އެވެ. މި ކަމަށް ބޭނުންވާ ޕްރޮފައިލް "ފުޑްހަބުން" ހަދައިދޭނެ އެވެ.

"ފުޑްހަބް އެޓް ހޯމް" ގެ ނަމުގައި މި ފުރުސަތު ހުޅުވެނީ ހާއްސަކޮށް ގޭގައި ތިބޭ މަންމައިންނާއި ދައްތައިންނަށެވެ. ދައްތައިން ގޭގައި ހަދާ ތަކެތި ވިއްކާލަން މިހާރު ވަރަށް ފަސޭހަވާނެ އެވެ. ދިވެހި މީރު ރަހަތައް ހިމެނޭ ތަފާތު ކެއުންތައް "ފުޑްހަބް" ވިއުގަ މެދުވެރިކޮށް ވިޔަފާރިއަކަށް ބަދަލުކޮށްލެވިދާނެ އެވެ. ކުދި ގުޅަ އާއި ބަޖިޔާ، މުސަންމާ ރިހަ އާއި ހަލުވިދާ ފަދަ ދިވެހި އުފެއްދުން ތަކުން ނަފާ ހޯދިދާނެ އެވެ.

ނާވީ ވިދާޅުވީ މި ފުރުސަތުގެ ބޭނުން ހިފުމުން އަމިއްލަ އުފެއްދުންތައް ދައްކާލަން މުހިންމު ދޮރެއް ހުޅުވިގެންދާނެ ކަމަށެވެ.

"ގޭގައި ހަދާ ކާއެއްޗިހި ފުޑް ހަބް ތްރޫކޮށް ދާނެ. އޮފީސްތަކުގައި އުޅޭ ކުދިން ތިބޭ ބިޒީކޮށް ތިބޭ. މިފަދަ ކުދިންނަށް ފުޑް ހަބުން މިތަކެތި ލިބޭނެ އޭރުން،" ނާވީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާރު ވެސް ބައެއް ފަރާތްތަކުން ބައިވެރިވެފައިވާ ކަމަށެވެ.

"މިހާރު ވެސް ބައެއް މީހުން ދަނީ ބައިވެރިވަމުން،" ނާވީ ވިދާޅުވި އެވެ.

"އެވްރިތިން ރެޑް" ކުންފުނީގެ ދަށުން ހިދުމަތް ދެމުންގެންދާ ފުޑްހަބަކީ ކާތަކެއްޗަށް އޯޑަރު ދެވޭގޮތަށް ރާއްޖޭގައި މޮބައިލް އެޕެއް ތައާރަފުކުރި ފުރަތަމަ ކުންފުންޏެވެ. ފުޑްހަބް އެޕް ސްޓޯރުންނާއި ގޫގުލް ޕްލޭ ސްޓޯރުން ޑައުންލޯޑްކުރެވެ އެވެ. އަދި "ފުޑްހަބް ޑޮޓް އެމްވީ" އިން ވެސް ރަޖިސްޓްރީވުމަށް ފަހު އޯޑަރުކުރެވޭނެ އެވެ.