ޖުމްހޫރީ ޕާޓީ އާއި އެމްޑީޕީން މިހާރު ފަށާފައިވާ މަޝްވަރާތަކުގައި މިވަގުތަށް ބައިވެރި ނުވާން އަދާލަތު ޕާޓީން ނިންމައި އެކަން އިއުލާންކޮށްފި އެވެ.
އަދާލަތުގެ މަޝްވަރާ މަޖިލީހުން މިރޭ ނިންމި ނިންމެވުމާބެހޭ ގޮތުން އެ ޕާޓީޏް ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މަޝްވަރާތަކުގައި ބައިވެރި ނުވި ނަމަވެސް ރާއްޖޭގައި ހިނގަމުންދާ ކަންކަން ވަރަށް ކައިރިން ބަލަމުންދާނެ ކަމަށެވެ.
އަދި ބުނެފައި ވަނީ ގައުމުގެ ރައްޔިތުންގެ މަސްލަތުގެ ހުރި ކަންކަމުގައި މަޝްވަރާ ކުރަންޖެހިއްޖެ ހާލަތެއްގައި ސަރުކާރާއި ހުރިހާ ފަރާތްތަކާއެކު މަޝްވަރާ ކުރުމުގެ އުސޫލު އަދާލަތު ޕާޓީން ދަމަހައްޓަން ވެސް އެ ޕާޓީންގެ މަޝްވަރާ މަޖިލީހުން މިރޭ ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން އިސްލާމް ދީނާއި ގާނޫނު އަސާސީ އާއި ގާނޫނުތަކަށް އެންމެހާ ފަރާތްތަކުން ހުރިމަތްތެރިކޮށް ހިތުމަށް ވެސް އަދާލަތުން މިރޭ ވަނީ ގޮވާލާފައެވެ.
ޖޭޕީ. އެމްޑީޕީގެ މަޝްވަރާތަކުގައި ބައިވެރި ނުވާން ނިންމި އިރު ޖޭޕީން ބުނެފައި ވަނީ އެޕާޓީއާއި އެމްޑީޕީއާއެކު އެކުގައި މަސައްކަތް ކުރަން އަދާލަތުން އެއްބަސްވެފައިވާ ކަމަށެވެ.