ވިޔަފާރި

ރެޑްވޭވުން ރޯދަ މަހާ ދިމާކޮށް މުދަލުގެ އަގު ހެޔޮކޮށް ޕްރޮމޯޝަނެއް

Apr 16, 2016
2
  • އެއްވަނަ އިނާމަކީ ދެ ލައްކަ ރުފިޔާ
  • ދެވަނަ އެއްލައްކަ ރުފިޔާ
  • ތިން ވަނަ އިނާމަކަށް ބައިލައްކަ ރުފިޔާ ލިބޭ

ރެޑްވޭވުގެ ފިހާރަތަކުން ރޯދަ މަހާ ދިމާކޮށް މުދަލުގެ އަގު ހެޔޮކޮށް ޕްރޮމޯޝަނެއް ފަށައިފި އެވެ.

ރާއްޖޭގައި ރެޑްވޭވްގެ ހަ ފިހާރައެއް ހިންގަމުން ގެންދާ ރެޑްވޭވް ފިހާރައިން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވީ ރޯދަ މަހުގެ ނިޔަލަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަންގައި 5-50 ޕަސެންޓާ ދެމެދުގެ އަގުތައް ހެޔޮކޮށްލާފައިވާނެ ކަމަށެވެ.

"މިވާނެ ރާއްޖޭގައި ބާއްވާ އެންމެ ދުވަސްވީ އަދި އެންމެ އަގު ހެޔޮ ސޭލަށް. ހުރިހާ އެއްޗެއްޗެސް ހުންނާނީ ހެޔޮކޮށްލާފަ،" އޮފިޝަލް ވިދާޅުވި އެވެ.

"މި ސޭލްގެ ކުރިއަށްދާނެ ރޯދަ މަސް ނިމެންދެން. ބޭނުމަކީ ރޯދަ މަހުވެސް ވިޔަފާރިކޮށް ސޭލްގައި ބައިވެރިވާން ފުރުސަތު ދިނުން."

ރެޑްވޭވުން ކުރިއަށް ގެންދާ ރޯދަ ސޭލްގައި ގިނަ އިނާމުތަކެއްވެސް ދެ އެވެ. މި ސޭލްގައި 500ރ. ގެ ވިޔަފާރިއެއް ކުރުމުން ބައިވެރިވެވެ އެވެ. އެއްވަނަ އިނާމަކަށް ދެ ލައްކަ ރުފިޔާ ލިބެ އެވެ. އަދި ދެވަނަ އިނާމަކަށް އެއްލައްކަ ރުފިޔާ އަދި ތިންވަނަ އިނާމެއްގެ ގޮތުގައި ބައިލައްކަ ރުފިޔާ ލިބެ އެވެ. މީގެ އިތުރުން ހަތް އިނާމެއް ލިބޭނެ އެވެ. އެ އިނާމުތަކުގެ ތެރޭގައި ޓީވީ އާއި އެއާކޯން ފަދަ ގިނަ އިނާމުތަކެއް ލިބެ އެވެ.