ވިޔަފާރި

ޝީޝާގެ 28 ބްލާސްޓް ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ހޮވައިފި

ޝީޝާގެ 28 ވަނަ އެނިވާސަރީ ފާހަގަކުރުމުގެ ގޮތުން ބޭއްވި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ހޮވައިފި އެވެ.

"28 ބްލާސްޓް"ގެ ނަމުގައި ޝީޝާއިން ޖެނުއަރީ މަހުން ފެށިގެން މާޗުމަހުގެ ނިޔަލަށް ބޭއްވި މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތެއް ހޮވީ މިއަދު ޝީޝާ ޝޯރޫމްގައި އެކަމަށް ބޭއްވި ހާއްސަ ހަފްލާއެއްގަ އެވެ. އެގޮތުން މި ޕްރޮމޯޝަންގައި ގުރުއަތުން ހޮވުނު ފަރާތަކީ މިލްހާ އެވެ.

އެ ހަފްލާގައި ވާހަކަދައްކަވަމުން ޝީޝާގެ މާކެޓިން ހެޑް ފާތިމަތު ޖުމާން ވިދާޅުވީ 28 ބްލާސްޓް ޕްރޮމޯޝަން އަކީ ޝީޝާގެ ކޮންމެ އައުޓްލެޓް އަކުންވެސް ވިޔަފާރި ކުރާ ފަރާތްތަކަށް ހާއްސަ ޑިސްކައުންޓުތަކަކާއި އެކު ލަކީ ޑްރޯގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލެވިގެން ގެންދިޔަ ޕްރޮމޯޝަނެއް ކަމަށެވެ.

"މި ޕްރޮމޯޝަން އަށް އާންމުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބުނު. އެއީ ހުރިހާ ފަރާތަކަށް ހުޅުވާލެވިފައި އޮތީމައި. އެއީ ގްރޭންޑް ޕްރައިޒް ކޮންމެ މީހަކަށް ނުލިބޭނެ. އަދި އެނިވާސަރީ ވީމައި އަޅުގަނޑު ނިނމީ ހުރިހާ ބޭފުޅުންނަށް ބައިވެރި ވެވޭނެ ގޮތެއް ހެދީ. އޭރުން ޝީޝާއަށް ދުރުވި މީހަކު ހުސް އަތަކާއި ނުނިކުންނާނެ،" ޖުމާން ވިދާޅުވި އެވެ.

ޖުމާން ވިދާޅުވީ މި ޕްރޮމޯޝަންގައި ނަސީބުވެރި ފަރާތަކަށް ދޭ ގްރޭންޑް ޕްރައިޒް އަކަށް 50،000 ރުފިޔާގެ ހޮންޑާއިން އަލަށް ތައާރަފް ކުރި ހޮންޑާ ސީބީ 125 ގެ ސައިކަލެއް ލިބޭނެ ކަމަށެވެ.