ހުޅުމާލެއަށް ފުލުހުން އިތުރުކޮށް ހުޅުމާލޭގެ ރައްކާތެރިކަން އިތުރަށް ޔަގީންކޮށްދެއްވާނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު ޢަރީފް ވިދާޅުވެއްޖެއެވެ.
ހުޅުމާލޭގައި ހިނގާ ފުހުލުންގެ މަސައްކަތްތައް ބައްލަވާ ލެއްވުމަށް ހުޅުމާލެއަށް ވަޑައިގެން ސީޕީ އަރީފު ވިދާޅުވީ ހުޅުމާލޭގައި މީހުން އިތުރުވެ އާބާދީ ބޮޑުވަމުން އަންނައިރު ފުލުހުންގެ ދައުރު ފުޅާކުރުން މުހިންމު ކަމަށާއި މާލެއިން އެކިއެކި ގުރޫޕްތައް ހުޅުމާލެއަށް ގޮސް ޖިނާއީ ކުށްތަކަށް އަރައިގަތުމަށް މަސައްކަތްކުރާއިރު ފުލުހުން އެކަމަށް ވަރަށް ބޮޑަށް ހޭލައި ތިބެންޖެހޭ ކަމަށެވެ.
ސީޕީ ވިދާޅުވީ ފުލުހުންގެ ވަޒީފާއަށް ވަންނަ ފުލުހުންގެ ތެރެއިން ބަޔަކު ހުޅުމާލެއަށް ފޮނުވައި ހުޅުމާލޭގައި ފުލުހުންގެ ނިސްބަތް އިތުރު ކުރައްވާނެ ކަމަށާއި މާލޭގެ އެ އަވަށުގައި ސީޓީވީ ކެމެރާ ހަރުކުރަން މަޝްވަރާކޮށް އެ މަސައްކަތް ވެސް ކުރިޔަށް ގެންދަވާނެ ކަމަށެވެ.
އަދި ވިދާޅުވީ ފުލުހުން މަސައްކަތް ކުރަނީ އެކަށޭނަ ވަޞީލަތް ނެތި ލިބިހުރި ވަޞީލަތްތަކާއެކުގައި ކަމަށާއި ހުރިހާ ވަޞީލަތެއް ފުރިހަމަ ވުމަކީ ފަސޭހަ ކަމެއް ނޫންކަން ކަމަށެވެ.