ވިޔަފާރި

އެންމެ އަގު ހެޔޮ ސެލޫނަކީ ކޮބާ؟ ހީޓް ސެލޫނުން ހެޔޮ ކޮށްލައިފި

Apr 20, 2016
1
  • ހިދުމަތް ދެނީ އެންމެ ފަހުގެ ޕްރޮޑަކްޓްތަކުން
  • އަގު ހެޔޮކޮށް ފެންވަރު މަތީ ހިދުމަތް ތަކެއް ލިބޭ
  • ސެލޫންގެ ފެންވަރު ވެސް މަތި

މާލޭގައި އެންމެ އަގުތައް ހެވީ ކޮން ސެލޫނެއް؟ މި ސުވާލުގެ ޖަވާބު ދޫކޮށްލާނީ ހިދުމަތް ލިބިގަންނަ މީހުންނަށެވެ. "ހީޓް ސެލޫނު" ގެ އަގުތައް މިވަނީ ހަމަ ގައިމުވެސް 50 ޕަސެންޓް ހެޔޮކޮށްލާފަ އެވެ.

"މިހާރު މި [ހީޓް] ސެލޫން އެންމެ ފެންވަރު ރަނގަޅު އެއް ތަނަށް. އަގު ވެސް އެހާމެ ހެޔޮ،" ހީޓް ހިންގުމާ ހަވާލުވެ ހުންނެވި އައިޝަތު އަފްރާ (އަނާ) ވިދާޅުވި އެވެ.

ހީޓް ހެލްތް އެންޑް ފިޓްނަސްގެ މަތީގައި ހަދާފައިވާ "ހީޓް ސެލޫން" އަކީ ޒީނަތްތެރިވުމަށް ބޭނުންވާނެ ހުރިހާ ހިދުމަތެއް ލިބޭނެ ތަނެކެވެ. މީގެ އިތުރުން މި ތަނުގައި ޒީނަތްތެރިވުމަށް ބޭނުންކުރާ ޕްރޮޑަކްޓްތަކަކީ ވެސް އެންމެ ފެންވަރު މަތީ ޕްރޮޑަކްޓް ތަކެވެ.

އަނާ ވިދާޅުވީ ސެލޫނުން ހުރިހާ ހިދުމަތްތަކެއް ހާފް ޕްރައިޒްގައި މިހާރު ލިބޭނެ ކަމަށެވެ.

"ސޯތީސް ފޭޝަލް އާއި ލޯރިއާލް ހެއާ ކަލަރިން ބޭނުން ކުރަނީ. މިއީ އެންމެ ފެންވަރު ރަނގަޅު ޕްރޮޑަކްޓްތައް،" އަނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ތަނުން ފިރިހެނުންނަށް ވެސް ބޯކޮށުމުގެ ލިބޭނެ ކަމަށެވެ.

"ފިރިހެނުންގެ ހެއާ ކަޓް ފަދަ ހިދުމަތްތައް މިލިބެނީ. ފިރިހެން ބޭފުޅުންނަށް ވަކި ވަގުތެއް މި އޮންނަނީ،" އަނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގިނަ ސެލޫންތަކުގެ އަގު ބޮޑުވުމުން ބައެއް މީހުން ހިދުމަތް ހޯދަން ބިރު ގަންނަ ކަމަށެވެ. ނަމަވެސް ހީޓް ސެލޫން މިހެން ނުވާނެކަން އަނާ ފާހަގަ ކުރި އެވެ.

ހީޓް ސެލޫން ފަރުމާކޮށްފައިވަނީ އެންމެ ޒަމާނީ ވަސީލްތަަކާއެކުގަ އެވެ. އެގޮތުން މި ސެލޫންގައި ޕެކޭޖު ވިއްކަނީ ޖިމާއި ޒުމްބާ ފަދަ ކްލާސްތައް ނިންމާލުމަށްފަހު ހިދުމަތް ހޯދޭނެ ގޮތަކަށެވެ.