މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

ސީޕީ ހުޝާމް އޮފީހަށް ނުނިކުމެ، ގޭގައި މަޑުކުރަން އަންގައިފި

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ކޮމިޝަނާ އޮފް ޕްރިޒަންސް، މުހައްމަދު ހުޝާމް އޮފީހަށް ނުނިކުމެ ގޭގައި މަޑުކުރަން އަންގައިފި އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ސީޕީ ހުޝާމް ގޭގައި މަޑުކުރަން އަންގާފައި ވަނީ ބަލަމުންދާ މައްސަލައަކާ ގުޅިގެންނެވެ.

ސީޕީ ހުޝާމަށް ވަނީ އޮފީހަށް ނުނިކުމެ ގޭގައި މަޑުކުރުމަށް ހޯމް މިނިސްޓްރީން އަންގާފަ އެވެ. ހޯމް މިނިސްޓަރު އުމަރު ނަސީރު އަވަސްއަށް ވިދާޅުވީ ސީޕީ ހުޝާމް ގޭގައި މަޑުކުރަން އަންގާފައިވާ ކަމަށެވެ. ނަމަވެސް އެއީ ސަސްޕެންޝަނެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަމާ ގުޅޭ އިތުރު ތަފްސީލެއް މިނިސްޓަރު ނުދެއްވަ އެެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް ހުޝާމް އައްޔަންކޮށްފައިވަނީ 2014 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.