އިލެކްޝަންސް ކޮމިޝަން

އީސީއިން ސިވިކް އެޑިއުކޭޝަން ޕްރޮގްރާމެއް ލ. އަތޮޅުގައި ހިންގައިފި

ޑިމޮކްރަސީ އާއި އިންތިހާބާ ބެހޭގޮތުން އާއްމުން ހޭލުންތެރިކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހިންގާ ސިވިކް އެޑިއުކޭޝަން ޕްރޮގްރާމް ލ. އަތޮޅުގައި ކުރިއަށް ގެންގޮސްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެ އަތޮޅޫގެ ހަތަރު ރަށެއްގައި ފެށި އެ ޕްރޮގްރާމަކީ އިންތިހާބާއި ޑިމޮކްރަސީއާ ގުޅޭ ހަތަރު މޮޑިއުލް އެއް ހިމަނައިގެން އެ މޮޑިއުލްތަކަށް މީހުންނަށް މައުލޫމާތު ދީފައެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ، ގަމާއި އިސްދޫ އާއި ފޮނަދޫ އަދި މާވަށް ހިމެނޭ ގޮތަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމުގައި 40 މީހުން ބައިވެރިވި ކަމަށާއި އެ ބައިވެރިންނަށް ޑިމޮކްރަސީ އާއި ޒިންމާ ނެގުމާއި ޖަވާބުދާރީވުމާއި އިންތިޚާބުތަކާ އިންތިހާބުތައް ކުރިއަށްދާ ގޮތާއި ސިޓިޒެންޝިޕާއި ބައިވެރިވުމުގެ މައުލޫމާތުތައް ދީފައިވާނެ ކަމަށެވެ.