ވިޔަފާރި

ފުރަތަމަ ކްއާޓަރުގައި ގްރީން ޓެކުހުން 162 މިިލިއަން ޑޮލަރު

Apr 24, 2016
1

މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ގްރީން ޓެކުހުން 162 މިިލިއަން ޑޮލަރު ދައުލަތައް ލިބިފައިވާ ކަމަށް ދައުލަތުގެ ޓެކްސް އިދާރާއިން ބުނެފި އެވެ. ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބުނި ގޮތުގައި މި އަހަރުގެ ފުރަތަމަ ކުއާޓަރު (ފުރަތަމަ ތިން މަސްދުވަހު) ދައުލަތައް ގްރީން ޓެކުހުން 162 މިލިއަން ޑޮލަރު ވަނީ ލިބިފަ އެވެ. މި ކުއާޓަރުގައި ގްރީން ޓެކުހުން ލިބުނު އާމްދަނީ ދައުލަތައް ލިބުނު ޖުމްލަ އާމްދަނީގެ 3.7 ޕަސެންޓް ހިއްސާ ކުރެ އެވެ.

ގްރީން ޓެކުސް ނަގަން ފަށާފައިވަނީ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގަ އެވެ. މި ޓެކުސް ނަގަނީ ކޮންމެ ޓޫރިސްޓެއްގެ އަތުން ހަ ޑޮލަރެވެ. މި ޓެކުސް ނެގުމުގައި ގެސްޓް ހައުސްތައް އިސްތިސްނާވެ އެވެ. ޓްރެވަލް އެޖެންސީއެއް މެދުވެރި ވެގެން ނަމަވެސް ރާއްޖޭގައި ރިސޯޓަކުން ޕެކޭޖެއް ގަންނަ ނަމަ، ގްރީން ޓެކްސް ދައްކަން ޖެހޭނެ އެވެ.

ސަރުކާރުން އަންދާޒާކޮށްފައިވާ ގޮތުގައި މި އަހަރުގެ ނިމޭއިރު ގްރީން ޓެކުހުން ދައުލަތައް 1.1 ބިލިއަން ރުފިޔާ ލިބޭނެ އެވެ. އަދި އޭގެ ކުރީ އަހަރު މި އަދަދު 1.3 ބިލިއަން ރުފިޔާ އަށް އިތުރުވެގެން ދާނެ އެވެ.