އުމަރު ނަސީރު

މިނިސްޓަރު އުމަރު މާފުށީ ޖަލަށް ޒިޔާރަތް ކުރައްވައިފި

މިނިސްޓަރު އޮފް ހޯމް އެފެއަރޒް އުމަރު ނަސީރު މިއަދު ހެނދުނު މާފުށީ ޖަލަށް ޒިޔާރަތް ކުރައްވައިފިއެވެ.

އެމަނިކުފާނު މިއަދު މާފުށީ ޖަލަށް ޒިޔާރަތްކުރެއްވީ އެ ޖަލުގައި ހަދަމުން އަންނަ ޑްރަގް އޮފެންޑާ ރިމާންޑް ސެންޓަރުގެ މަސައްކަތް ބައްލަވާލެއްވުމަށެވެ.

މި ދަތުރުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަނަރު އޮފް ޕްރިޒަންސް އަހުމަދު ޝިހާން އާއި ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕްރިޒަންސް ހަސަން ޒިލާލްގެ އިތުރުން ނެޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ ބޭފުޅުންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ޑްރަގް އޮފެންޑަރ ރިމާންޑް ސެންޓަރ ހިންގުމުގެ މަސައްކަތަކީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މަސައްކަތްތަކުގެ ތެރެއިން ކުރައްވަން ނިންމަވާފައިވާ މަސައްކަތެއްކަމަށް މިނިސްޓަރު އުމަރު ނަސީރު ވަނީ 27 ޑިސެމްބަރު 2015 ވަނަ ދުވަހުގެރޭ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާހު ކުރުމަށް މާލޭ ޖަލުގައި ބޭއްވި ރަސްމިއްޔާތުގައި ވިދާޅުވެފައެވެ.