އެމްޑަބްލިއުއެސްސީ

އެމްޑަބްލިޔުއެސްސީގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް އެދެން ހުޅުވާލައިފި

ޒުވާނުންނަށް ހާއްސަކޮށްގެން މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) ގެ އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްޑަބްލިޔުއެސްސީން ބުނީ، ވަޒީފާއަށް ލޯބިކުރާ ޒުވާނުން ތަމްރީނު ކުރަން އެކުންފުނިން ހިންގާ އެޕްރެންޓިސްޝިޕް ޕްރޮގްރާމުން މިހާރު ހުޅުވާލާފައިވާ ފުރުސަތުގައި ބައިވެރިންނަށް އެ ކުންފުނީގެ އޮޕަރޭޝަން ޑިވިޝަންގެ މެނުފެކްޗަރިން ޑިޕާޓްމަންޓްގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާން ފޯމްލައި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ މެއި މަހުގެ ދެވަނަ ދުވަހުގެ ނިޔަލަށެވެ.

އެޕްރެންޓިސްޝިޕް ޕްރޮގްރާމުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެ ކުންފުނިން ގަބޫލުކުރާ ފެންވަރަށް މަސައްކަތްކުރާ ފަރާތްތަކަށް އެ ކުންފުނިން ވަޒީފާގެ ފުރުސަތު ދޭން ވަނީ ނިންމާފަ އެވެ.

އެމްޑަބްލިޔުއެސްސީ އެޕްރެންޓިސްޝިޕް ޕްރޮގްރާމަށް އެދޭ ފަރާތަކީ އުމުރުން 35 އަހަރު ނުވާ، ގްރޭޑް 10 ގެ ފެންވަރު ހުރި ފަރާތަކަށް ވާންޖެހެ އެވެ.