މިސްކިތް

ކަޅުތުއްކަލާ ކޮށީގެ ތިންބުރި މިސްކިތް ހުޅުވައިފި

Apr 27, 2016
1

ސިފައިންގެ ކަޅުތުއްކަލާކޮށީގައި އަލަށް އިމާރާތްކުރި މިސްކިތް، "މަސްޖިދުލް ވަފާ" ހުޅުވައިފި އެވެ.

މިރޭ ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމިއްޔާތެއް ޝަރަފުވެރި ކޮށްދެއްވައި މިސްކިތް ހުޅުވައި ދެއްވީ އިސްލާމިކް ޔުނިވާސިޓީގެ ސެންޓަ ފޯ ގްރެޖުއޭޓް ސްޓަޑީޒްގެ ވެރިޔާ ޑރ. އިބްރާހިމް ޒަކަރިއްޔާ މޫސާއެވެ. މިރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވެސް ބައިވެރިވެވަޑައިގެން ވާހަކަފުޅު ދެއްކެވި އެވެ.

މި މިސްކިތަކީ އަލިފުޅުތުއްތު ފައުންޑޭޝަންގެ އެހީއާއެކު 300 މީހުންނަށް އެއްފަހަރާ ނަމާދު ކުރެވޭ ގޮތަށް ހެދި ތިން ބުރީގެ މިސްކިތެކެވެ.

މި މިސްކިތުގެ ރައުންޑް ފްލޯގައި ލައިބްރަރީ އަކާއި ވުލޫކުރާނެ ދެ އިސްކުރު ބަރި ހުންނައިރު ދެވަނަ އަދި ތިން ވަނަ ބުރި ހާއްސަކޮށްފައި ވަނީ ނަމާދު ކުރުމަށެވެ.

މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު، ގިނަ އަދަދެއްގެ ސިފައިންނާއެކު ޖަމާއަތުގައި އިޝާ ނަމާދު ކުރައްވާ ދީނީ ދަރުސެއް ވެސް ވަނީ ދެއްވާފަ އެވެ.

މިރޭ ހުޅުވި މިސްކިތުގެ މަސައްކަތް ފަށާފައި ވަނީ އޭޕްރީލް 21 2013 އިގައެވެ.