ފުލުހުން ބަލައި ފާސް ކުރުން

ހަށިވިއްކާ ކަމުގެ ތުހުމަތުވި ސެލޫނެއް ބަލައި ފާސްކޮށްފި

Apr 28, 2016

ހަށިވިއްކާ ކަމަށް ތުހުމަތުވެގެން މ. ގޯލްޑަން ވެލީގައި ހިންގަމުންގެން އަންނަ "ބިއުޓީ އެންޑް ވެލްނެސް" އަށް ފުލުހުން ވަދެ އެތަން ބަލައި ފާސްކޮށްފި އެވެ. ފުލުހުން އެތަނަށް ވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ފުލުހުން ބުނީ އިއްޔެ ރޭގެ އިރާކޮޅު ފުލުހުން އެތަނަށް ވަނީ އެތަނުގެ ތެރޭގއި ހަށި ވިއްކާކަމުގެ މައުލޫމާތު ލިބިގެން ކަމަށާއި ފުލުހުން ވަން އިރު އެތަނުގައި ތިބި ބައެއްގެ މައުލޫމާތ ސާފު ކުރުމަށްފަހު އެމީހުން ދޫކޮށްލާފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ ބަލައި އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.