ކުންމިން ފެއާ

ކުންމިން ފެއާއަށް 9500 އަށްވުރެ ގިނަ ދިވެހި އުފެއްދުން ލިބިއްޖެ

ޗައިނާ ސައުތު އޭޝިއާ އެކްސްޕޯއަށް ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން 9500 އަށްވުރެ ގިނަ ދިވެހި އުފެއްދުންތައް ބައިވެރި ކޮށްފައިވާ ކަމަށް އިކްނޮމިކް މިނިސްޓްރީ އިން ބުނެފި އެވެ.

"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި އިކްނޮމިކް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާދަމް ތައުފީގު ވިދާޅުވީ ޗައިނާގެ ކުންމިންގައި ބާއްވާ އެކްސްޕޯގައި ބައިވެރިވުމުގެ ފުރުސަތު ބަންދުވި ނަމަވެސް އުފައްދާފައިވާ ތަކެތި އެކްސްޕޯގައި ބައިވެރި ކުރެވޭނެ ކަމަށެވެ. އެގޮތުން މިހާތަނަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކާއި ބޮޑެތި ވިޔަފާރި ހިނގާ ފަރާތްތަތައް ވެސް މި އެކްސްޕޯއަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި އެކްސްޕޯގައި ތަކެތި ބައިވެރި ކުރުމުގެ ފުރުސަތު ހުޅުވާލުމުން 9500 އަށް ވުރެ ގިނަ ދިވެހި އުފެއްދުންތައް ކުދި އަދިމެދު ފަންތީގެ ވިޔަފާރި ތަކުން ވަނީ ހިމަނާފައި. މީގެ އިތުރުން ރާއްޖޭގެ ބޮޑެތި ވިޔަފާރި ތަކުގެ ތެރެއިން ރާއްޖޭގެ ހަ ވިޔަފާރިއެއް ބައިވެރި ވާނެ ކަމަށް ޔަގީން އަޅުގަނޑުމެންނަށް ވަނީ ދެއްވާފައި،" ތައުފީގު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އުފެއްދުންތެރިންނަށް އެކްސްޕޯގެ ކަންތައްތައް އިތުރަށް ފަސޭހަ ކުރަން ފެއާގައި ބައިވެރިވުމުގެ ހުރިހާ ހަރަދެއް ބަލަހައްޓަނީ ސަރުކާރުން ކަމަށާއި ހިލޭ ގެންދިޔުމުގެ އިތުރުން ޗައިނާއަށް ނުދެވޭ ފަރާތްތަކުގެ ޕްރޮޑަކްޓް މިނިސްޓްރީގެ އޮފިޝަލެއް މެދުވެރިކޮށް ޗައިނާގައި ވިއްކުމުގެ ފުރުސަތު ދޭނެ ކަމަށެވެ.

ޗައިނާގެ ކުންމިންގައިބާއްވާ މި އެކްސްޕޯގައި ރާއްޖެ އަށް "ކަންޓްރީ އޮފް އޮނާ" ގެޝަރަފު ލިބޭއިރު މިދިޔަ އަހަރާއި ހިލާފަށް ދިވެހި އުފެއްދުންތައް ވިއްކުމަށް ބޮޑު ޖާގައެއް ލިބެއެވެ.