އަފްޣާނިސްތާން

އޮޅިގެން ބޮން ގޮއްވާލެވި ތޯލިބާން ފިދާއީންތަކެއް މަރުވެއްޖެ

ތޯލިބާނުންގެ ފިދާއީ އަކަށް އޮޅިގެން ސުއިސައިޑް ވެސްޓްގެ ޓްރިގަރަށް އޮއްބާލެވި އޭނާއާއެކު އިތުރު އަށްހަނގުރާމަވެރިޔަކު މަރުވެއްޖެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މި ނުވަ ނުވަ ހަނގުރާމަވެރިންނަށް އިރުޝާދު ދީފައި އޮތީ އަފްގާނިސްތާނުގެ ކުންޑުޒް ސިޓީއަށް ހަމަލާ ދިނުމަށެވެ. ނަމަވެސް މިސްރާބަށް ދެވުމުގެ ކުރިން ހެދުނު ގޯހަކުން ހުރިހާ ހަނގުރާމަވެރިން މަރުވީ އެވެ.

އަފްގާނިސްތާނުގެ އިންޓީރީއާ މިނިސްޓްރީ ވެސް ބުނީ ތޯލިބާނުންގެ ފިދާއީއަކަށް އޮޅިގެން ބޮން ވެސްޓްގެ މައި ޓްރިގަރަށް އޮބާލެވިގެން ނުވަ މީހަކު މަރުވެފައިވާ ކަމަށެވެ.

ތާލިބާން ޖަމާއަތުގެ މި ހަނގުރާމަވެރިންނަކީ މުއްލާ ވާލީގެ ދަށުން ހިންގަމުން އަންނަ ފެކްޝަނެއްގެ ބައެކެވެ. މި ފެކްޝަނުން ކުންޑުޒް ހިފަން އަބަދުވެސް މަސައްކަތް ކުރަމުން ގެންދެ އެވެ. ނަމަވެސް މިހާތަނަށް ކުރިއެރުމެއް ނުލިބެ އެވެ. ކުންޑުޒް އަކީ 14 އަހަރު ވަންދެން ތޯލިބާނުން ހިސޯރު ކުރި އަވަށެކެވެ. ނަމަވެސް އަފްގާނިސްތާންގެ މިލިޓަރީ ސިފައިން ވަނީ ކުންޑުޒް އިން ތޯލިބާން ހަނގުރާމަވެރިން ފައްސާލާފައެވެ.