މާލޭ ސިޓީ

މަރުވާން ބެލްކަނިން ފުންމާލި މީހަކު ޒަހަމްވެއްޖެ

އަމިއްލައަށް މަރުވާން ކަރުގައި ވާގަނޑެއް އައްސައިގެން ހެންވޭރުގެ ގެއެއްގެ ބެލްކަނިން ފުންމާލަން އުޅުނު މީހަކު ވެއްޓި ބޯފަޅައިގެން ގޮސް ވަރަށް ބޮޑަށް ޒަހަމްވެއްޖެ އެވެ. އެ ގޭގެ ދެވަނަ ބުރީގެ ބެލްކަނިން ފުނމާލަން އުޅެނިކޮށް ކަރުގައި ޖަހާފައިފައި އިން ވާގަނޑު ކެނޑި އެމީހާ ވެއްޓި ޖެހުމަށްފަހު ޒަހަމްވުމާއެކު ފަރުވާ ދިނުމަށް މިހާރު ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ފަށާފަ އެވެ. މަންޒަރު ދުށް މީހުން ބުނީ އެ މީހާ ފުންމާލާފައި ވަނީ ހ. ރެވިމާ ގޭގެ ދެވަނަ ބުރީގެ ތެރެއިން ނުކުތް މީހަކު އޭނާގެ ގައިގަ ހިފަހައްޓަން މަސައްކަތް ކުރުމުން ކަމަށެވެ.

އެ މީހާ ޒަހަމްވީ އާނާ ބެލްކަންޏަށް ނުކުމެ ފުންމާލައިގެން މަރުވާނެ ކަމަށް ބުނަން ފެށުމާއެކު ފުލުހުން އޭނާ ފުންމާލާފާނެތީ ސަލާމަތް ކުރަން ތިރިން ދިއްކުރި ބޮޑު ވައި ޖަހާ ފުއްޕާފައިވާ ކުޝަން ބެޑެއްގައި ޖެހިފައި ފުރޮޅާލައިގެން ބިންމައްޗަށް ވެއްޓިގެނެވެ. އޭނާ ފުންމާލީ އެ ސަރަހައްދަށް ދިޔަ ފުލުހުންނާއި ސިފައިން އަދި އާންމުން ވެސް އޭނާއަށް ނަސޭހަތްދެމުން ދަނިކޮށެވެ.

މަންޒަރުދުށް މީހުން ބުނި ގޮތުގައި ބިންމަތީގައި ޖެހުމުގެ ސަބަބުން އެމީހާގެ ބޯ ވަރަށް ބޮޑަށް ފަޅައިގެން ގޮސް ލޭތައް ފައިބަމުން ދިޔައިރު އޮތީ ހޭ ނެތިފަ އެވެ.

ފުލުހުން ބުނީ އެމީހާއަށް ލިބިފައިވާ ޒަހަމްތަކުގެ ތަފުސީލް އަދި ސާފު ނުވާ ކަމަށާއި އޭނާއަށް ފަރުވާ ދެމުން އަންނަ ކަމަށެވެ. އެ މީހާއަށް އޭޑީކޭގައި ފަރުވާ ދެނީ އައިސީޔޫގައެވެ.

އެނގިފައިވާ ގޮތުގައި ޅ. ހިންނަވަރު އެ މީހާއަކީ ރެވިމާގޭގައި ކޮޓަރިއެއް ކުއްޔަށް ހިފައިގެން އުޅޭ، އަދި ސިކުނޑީގައި ކޮންމެވެސް ވަރެއްގެ އުނިކަމެއް ހުންނާތީ އެކަމާ ގުޅިގެން ބޭސްކަމުންދާ މީހެކެވެ. މީގެ ކުރިން ވެސް އޭނާ ވަނީ އެފަދަ ގޮތަކަށް ފުންމާލަން މަސައްކަތް ކޮށްފައެވެ.

އަމިއްލައަށް މަރުވާން ވެގެން މިއަދު މީހަކު ފުންމާލި އަރު މިދި އަހަރުތެރޭގައި ވެސް ޒުވާން އަންހެން ކުއްޖަކު މަސައްކަތްކޮށްފައި ވެއެވެ.