ހަބަރު

ދުސިތު ތާނީ އިން "ފްރީ-ޑައިވިން" ތައާރަފްކޮށްފި

Feb 3, 2015

އެއްގޮތަކަށް ވެސް، ފީނާ އާލާތްތައް އަޅުވައިގެން ކަނޑުއަޑިއަށް ހިލޭ ސާބަހަށް މީހުން ގެންގޮސްދޭ ވާހަކައެއް ނޫނެވެ. މިފަދަ އާލާތްތަކާ ނުލައި ޑައިވްކުރުމުގެ ދޮރެއް ދުސިތު ތާނީ މޯލްޑިވްސް އިން އަލަށް ހުޅުވާލި ވާހަކަ އެވެ.

މިއީ މި ހިދުމަތް ރާއްޖޭގައި މިގޮތަށް ތައާރަފްކުރި ފުރަތަމަ ފަހަރެވެ. ފްރީ-ޑައިވިން އަކީ ފީނަން ބޭނުންކުރާ ފުޅިއާއި ހޮޅިފަދަ ތަކެއްޗާ ނުލައި، ނޭވާ ހިފަހައްޓާލައިގެން އަޑިއަށް ފީނުމެވެ.

މި ރިސޯޓުން މި ހިދުމަތް ތައާރަފްކޮށްފައި ވަނީ ފްރީ-ޑައިވިން އަށް މަޝްހޫރު ޖަމިއްޔާއެއް ކަމުގައިވާ އަޕްނީ ޓޯޓަލްއާ ގުޅިގެން ކަމަށް ރިސޯޓުން ބުނެފައިވެ އެވެ. އެމީހުންނާ ގުޅިގެން ދޭ މި ހިދުމަތް މެދުވެރިކޮށް، ފްރީ-ޑައިވަރެއްގެ ގޮތުގައި ދުނިޔޭގެ ފެންވަރުގެ ސެޓްފިކެޓް ހާސިލުކުރެވޭނެ ކަމަށް ވެސް ރިސޯޓުން ބުނެފައިވެ އެވެ.

އަޕްނީ ޓޯޓަލްއާ އެކު ދުސިތު ތާނީ އިން ހިންގާ މި ކެމްޕޭނުގައި ފްރީ ޑައިވިންގެ އެންމެ ބޭސިކުން ފެށިގެން މާސްޓާ ލެވެލްގެ ތަމްރީން ކްލާސްތައް ވެސް ހިމެނެ އެވެ. ގާތްގަނޑަކަށް ހަފުތާއެއްގެ ތަމްރީނުތަކަށް ފަހު، ނޭވާ ހިފަހައްޓާލައިގެން 20 މީޓަރު ނުވަތަ 40 މީޓަރު އަޑިއަށް ފީނުމުގެ ކުޅަދާނަކަން މި ކްލާސްތައް މެދުވެރިކޮށް ލިބޭނެ ކަމަށް އެމީހުން ބުނެ އެވެ.