ހަބަރު

ހިއުމަން ރައިޓްސް އޭޝިޔާ ކޮންފަރެންސްގައި ރައީސް ނަޝީދު ތަގުރީރު ކުރައްވައިފި

Apr 30, 2016
9

އިނގިރޭސިވިލާތުގެ ޔުނިވާސިޓީ އޮފް އެސެކްސް އިން ބާއްވާ "ހިއުމަން ރައިޓްސް އިން އޭޝިޔާ ކޮންފަރެންސް 2016″ ޝަރަފްވެރިކޮށްދެއްވައި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ތަގުރީރު ކުރައްވައިފި އެވެ.

މި ކޮންފަރެންސަކީ އޭޝިޔާ ސަރަޙައްދުގެ އިންސާނީ ހައްގުތަކަށް ހާއްސަކޮށް ކޮންފަރެންސެކެވެ.

ކޮންފަރެންސްގައި ރައީސް ނަޝީދު ވަނީ ރާއްޖޭގައި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށާއި ޑިމޮކްރެޓިކް ވެރިކަމެއް ގާއިމުކުރަން އެމަނިކުފާނު ކުރެއްވި މަސައްކަތްތަކުގެ މައްޗަށް އަލި އަޅުވާލައްވާފަ އެވެ. އެގޮތުން އެންމެ ފުރަތަމަ ލިޔުންތެރިއެއްގެ ހައިސިއްޔަތުން ފެއްޓެވި މަސައްކަތާ ގުޅިގެން އެތައް ފަހަރަކު ޖަލަށްލި ކަމަށާއި އިންސާނީ ޙައްޤުތައް ހިމާޔަތް ކުރުމުގެ މަސައްކަތަތީ ފަސޭހަ މަސައްކަތެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި އެމަނިކުފާނުގެ މަސައްކަތުގައި އެންމެ ބޮޑު ހިއްވަރެއް ލިބިވަޑައިގަންނަވަނީ އާއި އާއި އެމަނިކުފާނުގެ އަނބިކަނބަލުން ކިބައިން ކަމަށް ވެސްވިދާޅުވި އެވެ.