މެކޭނިކަލް ޕާކިން ސިސްޓަމް

މެކޭނިކަލް ޕާކިން ސިސްޓަމް ބަހައްޓަން ފަށާނީ އޯގަސްޓްގައި

May 1, 2016
1
އޮޓޮމޭޓެޑް މެކޭނިކަލް ޕާކިން ސިސްޓަމެއް: ރާއްޖޭގައި މި ސިސްޓަމްތައް ބަހައްޓަން މިހާރު ވަނީ ފަރުމާ ކުރަން ފަށާފައި --
0%
0%
0%

މާލޭގެ 20 ސަރަހައްދެއްގައި ގާއިމް ކުރަން ނިންމާފައިވާ އޮޓޮމޭޓެޑް، މެކޭނިކަލް ޕާކިން ސިސްޓަމްތައް އަންނަ އޯގަސްޓް މަހުގެ ތެރޭގައި ބަހައްޓަން ފަށައި ގާއިމް ކުރާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވީ މެކޭނިކަލް ޕާކިން ސިސްޓަމްތައް އޯގަސްޓަ މަހުގައި ބަހައްޓަން ފަށާއިރު މި އަހަރު ނިމުމުގެ ކުރިން ބޭނުން ކުރަން ލިބޭނެ ކަމަށާއި ސިސްޓަމްތައް ގާއިމް ކުރަންވީ ތަންތަން މިހާރު ފާހަގަކޮށް ނިމިފައިވާ ކަމަށެވެ.

ރާއްޖޭގެ ވެއްޓާ ގުޅޭ ގޮތަށް ފަރުމާ ކުރާ މެކޭނިކަލް ޕާކިން ސިސްޓަމްތައް ގާއިމްވާއިރު ސައިކަަލަށް ހާއްސަ 10 ތަނެކާއި ކާރަށް ހާއްސަ 10 ތަނެ އޮންނާނެ އެވެ. އެ ސިސްޓަމްތައް ތައްޔާރު ކުރަނީ ޗައިނާގައި އެސްޓީއޯއިންނެވެ. އެ މަސައްކަތް ކޮށްދޭން ހައުސިން އިން ހަވާލުކޮށްފައި ވަނީ ވެސް އެސްޓީއޯއާ އެވެ.

މި މަސައްކަތް އެސްޓީއޯއާ ހަވާލު ކުރީ މީގެ މަހެއްހާ ދުވަސް ކުރިންނެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345