ޑރ. މުހައްމަދު މުއިއްޒު

ބޭސްތައް ލިބޭނެކަން ޔަގީންކޮށް ބޭހުގެ މާފިއާ ދުއްވާލައިފިން: ރައީސް

0%
0%
0%

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ގެ އަސާސީ ބޭހުގެ ލިސްޓުގައި ހުރި ހުރިހާ ބޭހެއް، ކުރިއަށް މާޗް 15 ވަނަ ދުވަހުން ފެށިގެން، އަދި އެޕްރޫވްޑް މެޑިސިން ލިސްޓުގައި ހިމެނޭ ހުރިހާ ބޭހެއް އޭޕްރީލް 15 ވަނަ ދުވަހުން ފެށިގެން އެސްޓީއޯގެ ބޭސް ފިހާރަތައް މެދުވެރިކޮށް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވެފައި މިވަނީ އާސަންދަ ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން އެތައް ހާސް ޕަސަންޓެއްގެ ފައިދާ
ލިބޭ ގޮތަށް ބޭސް ފިހާރަތަކުން ބޭސް ވިއްކުން ހުއްޓުވަމަށް ސަރުކާރުން މިދިޔަ އަހަރުގެ ތެރޭގައި އެޅި ބައެއް ފިޔަވަޅުތަކާ އެކު ކޮންމެހެން ބޭނުންވާ ބައެއް ބޭސް ނުލިބޭ ކަމުގެ ޝަކުވާ ބޮޑުވެފައި ވަނިކޮށެވެ.

ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި ވަނީ އެސްޓީއޯ މެދުވެރިކޮށް ބަލްކް ޕްރޮކިއުމަންޓުގެ އުސޫލުން ރާއްޖެ އަށް ބޭސް އެތެރެކޮށް، އަގުހެޔޮކޮށް ފެންވަރު ރަނގަޅު ބޭސް ފޯރުކޮށްދިނުމުގެ މަސައްކަތް ފަށާފަ އެވެ.

މިބަދަލާ އެކު ބޭސް ވިއްކަމުންދާ ބައެއް އަމިއްލަ ފާމަސީތަކުން އެސްޓީއޯގެ އަގުތަކަށް ބޭސް ތިރިކުރަން މަޖުބޫރު ކުރުމުން ބޭސް ތާށިކުރަމުންދާ ކަމަށް ރައީސް ތުހުމަތު ކުރެއްވި އެވެ.

ދ. މީދޫ ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމެއްގައި މިމައްސަލައިގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ފާމަސީތަކުން އެތައް ގުނައެއް އިތުރަށް ފައިދާ ޖައްސައިގެން ބޭހުގެ ވިޔަފާރިކުރިކުރުން މިހާރު ނިމުމަކަށް ގެނެވިފައިވާ ކަމަށެވެ.

"މި ފަހަކަށް އައިސް ކުރިމަތިވި ބޭހުގެ ދަތިކަމަކީ، ސީދާ މިކަމުގެ ސަބަބުން ކުރިމަތިކުރުވި ދަތިކަމެއް،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ އެއްވެސް ފަރާތަކުން ރައްޔިތުންނަށް ދަތިކުރުމުގެ ފުރުސަތު މި ސަރުކާރަކުން ނުދޭނެ ކަމަށެވެ. އަދި ރައްޔިތުންނަށް ބޭނުންވާ ބޭސް ލިބޭނެކަން ސަރުކާރުން ޔަގީންކުރާނެ ކަމުގައިވެސް ވިދާޅުވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345