ފެނަކަ ކޯޕްރޭޝަން

ރާވާލެވޭ 41 އިންޖީނުގެ އަޅައިދޭނެ ބަޔަކު ފެނަކައިން ހޯދަނީ

ޕްރީފެބްރިކޭޓެޑް ނުވަތަ ރާވާލެވޭ މޮބައިލް އިންޖީނު ގެތަކެއް އަޅައިދޭނެ ބަޔަކު ހޯދުމަށް ފެނަކަ ކޯޕަރޭޝަނުން އިއުލާންކޮށްފި އެވެ.

އެ ކޯޕަރޭޝަނުން އިއުލާންކޮށްފައިވަނީ 41 ޕްރީފެބްރިކޭޓެޑް އިންޖީނުގެ ގެއެޅުމަށެވެ.

މި 41 ޕްރީފެބްރިކޭޓެޑް އިންޖީނުގެ މަސައްކަތްތަކީ ރަށްރަށުން ކަރަންޓް ކެނޑުމުން ވަގުތީ ހައްލު ހޯދައި ދިނުމުގެ ކޮންޓެންޖެންސީ ޕްލޭނެއްގެ ދަށުން މޮބައިލް ޕަވާހައުސް ބޭނުންކުރަން ފެނަކައިން ފަށާފައިވާ ބޮޑު ޕްރޮޖެކްޓްގެ ދަށުން ކުރާ މަސައްކަތެކެވެ.

އެ ކޯޕަރޭޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، 41 ޕްރީފެބްރިކޭޓެޑް އާ އިންޖީނުގެ އިމާރާތްކުރުމަށް އެދޭ ފަރާތްތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކުރުމަށް ނުވަތަ އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށައެހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ. މި މަސައްކަތުގެ ބިޑް ޑޮކުއިމަންޓް ގަތުމާއި އަންދާސީހިސާބު ހުށަހެޅުމުގެ ދައުވަތު ލިބޭނީ ހަމައެކަނި އީއޯއައި ހުށަހަޅާ ފަރާތްތަކަށް ކަމަށެވެ.