މޫސުން

މިހާރު ކުރަމުންދަނީ ދެ މޫސުން ގުޅޭ ވިއްސާރަ: މެޓް

މިހާރު ރާއްޖެއަށް ކުރަމުންމިދާ ވިއްސާރައަކީ ދެ މޫސުން ގުޅޭ ވިއްސާރަ ކަމަށާއި މި ވއިްސާރަ ދިގުލައިގެން ނުދާނެ ކަމަށް މޯލްޑިވް މީޓުއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ބުނެފި އެވެ.

މެޓް އޮފީހުގެ ވެދާ ފޯކާސްޓަރަކު ވިދާޅުވީ މިއަދު ރާއްޖޭގެ މެދުތެރެއާ އުތުރުގެ އަތޮޅުތަކަށް ވިއްސާރަކޮށް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ދެކުނުގެ ބައެއް އަތޮޅުތަކަށްވެސް ކެރީގެ އަސަރުފޯރާނެ ކަމަށް މޫސުމީ ހިސާބުތަކުން ދައްކާ ކަމަށެވެ.

މިއަދު ކުރާ ވިއްސާރަ ކުރި ނަމަވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް ވައި އާންމުކޮށް މަޑުވާނެ ކަމަށާއި ނަމަވެސް ވިލާގަނޑުގައި 30 މޭލާއި 35 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް މެޓުން ބުންޏެވެ.

އިރުވައި މޫސުމާއި ހުޅަނގު މޫސުން ގުޅޭ ވިއްސާރަ ފެށިފައިވާއިރު މޫސުމަށް ބަލައިގެން ދަތުރުތައް ކުރުމަށް ވެސް މެޓް އޮފީހުން ވަނީ އެދިފައެވެ.