މާލޭ ސިޓީ

ނުދުއްވާ ގޯޅިތަކުގައި ބެންޗް ބަހައްޓާ އިތުރަށް ތަރައްގީ ކުރަނީ

ދުއްވާ އެއްޗެހި ބޭނުން ނުކުރާ ގޮތަށް ސަރުކާރުން ހަމަޖައްސާފައިވާ ގޯޅިތައް އިތުރަށް ހިތްފަސޭހަވާނެ ގޮތަށް ތަރައްގީކުރަން ނިންމައިފި އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހިނގާފައި އުޅޭ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައެޅި ގޯޅިތައް މިހާރަށްވުރެ ހިތްފަސޭހަ ކުރުމުގެ މަޝްރޫއުއެއް ފަށަން ނިންމާފައިވާ ކަމަށެވެ. އެ ގޯޅިތައް ޑިޒައިންކުރާނީ ހިތްފަސޭހަ ގޮތަކަށް ކަމަށާއި ގޯޅިތަކުގައި ޖަހާފައިވާ ގާ ވެސް ބަދަލުކުރާނެ ކަމަށެވެ. އަދި އިށީނދެ ތިބޭނެ ގޮތަށް ގޯޅިތަކުގައި ބެންޗްތައް ބަހައްޓަން ވެސް ނިންމާފައިވާ ކަމަށެވެ.

ގޯޅިތަކަށް މި ބަދަލު ގެނައުމަށް ނިންމާފައިވަނީ އެ ގޯޅިތަކުގައި ދިރިއުޅޭ ފަރާތްތަކާ މަޝްވަރާކުރުމަށްފަހުގަ އެވެ.

ހަމައެކަނި ހިނގާފައި އުޅޭ ގޮތަށް މާލޭގައި މިހާތަނަށް މާލޭގެ އަށް ގޯޅިއެއް ކަނޑައަޅާފައި ވެއެވެ. އެއީގޯޅިތަކުގައި އުޅޭ ފަރާތްތަކުގެ އެދުމާއެކު އެވެ.