ހައުސިން ޔުނިޓް

ބިންވެރިޔާ ގޯތި ލިސްޓަށް މިހާތަނަށް 600 ޝަކުވާ

ބިންވެރިޔާ ސްކީމްގެ ގޯތި ލިސްޓަށް މިހާތަނަށް 600 ޝަކުވާ ހުށަހަޅައިފި އެވެ.

ޕްލޭނިން މިނިސްޓްރީގެ އޮފިޝަލަކު އަވަސް އަށް ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ބިންވެރިޔާ ސްކީމްގެ ގޯތި ލިސްޓަށް ހުށަހަޅާފައިވާ ގިނަ ޝަކުވާ ތަކަކީ މައުލޫމާތު ސާފުކުރުމަށް ހުށަހަޅާފައިވާ ޝަކުވާ ކަމަށް

ގޯތި ލިސްޓަށް ޝަކުވާ ހުށަހަޅަން ފުރުސަތު ދީފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ހުށަހެޅި ފޯމުތަކުގެ ތެރޭގައި ސިންގަލް އެޕްލިކަންޓް އަދި ޖޮއިންޓް އެޕްލިކަންޓުގެ ގޮތުގައި ޖުމްލަ 23،088 މީހުން ހިމެނިފައިވެ އެވެ. މީގެ ތެރެއިން 19،875 މީހުން ޝަރުތު ފުރިހަމަވާއިރު މީގެ ތެރެއިން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓުގައި ހިމެނިފައިވަނީ 10،314 މީހުންނެވެ. އަދި މި މީހުންނަށް ގޯތި ލިބެނީ ކޮންތަނަކުން ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

މި ޕްރޮގްރާމުގެ ދަށުން ދޫކުރުމަށް ނިންމާފައިވަނީ ތިން ސައިޒެއްގެ ގޯތިތަކެކެވެ. އެގޮތުން ވަކި ފަރުދަކަށް ނަމަ ދޫކުރާ އެންމެ ކުޑަ ގޯތީގެ ބޮޑުމިނަކީ 1،250 އަކަފޫޓެވެ. ޖޮއިންޓް އެޕްލިކޭޝަނެއްނަމަ އިތުރުވާ ކޮންމެ މީހަކަށް 400 އަކަފޫޓުގެ ގޯއްޗެވެ. އަދި ހަތް މީހުންނަށްވުރެ ގިނަ މީހުން ބައިވެރިވެގެން ހުށަހަޅާ އެޕްލިކޭޝަނެއްނަމަ ޖުމްލަ 4،000 އަކަފޫޓުގެ ގޯތި ދޫކުރާނެ އެވެ.