އުމަރު ނަސީރު

ރަސްމީ ދަތުރުފުޅެއްގައި އުމަރު ސުވިޒަލެންޑަށް

ހޯމް މިނިސްޓަރު އުމަރު ނަސީރު ރަސްމީ ދަތުރުފުޅެއްގައި ސުވިޒަލެންޑަށް ވަޑައިގެންފި އެވެ. މިނިސްޓަރު ސުވިޒަލެންޑަށް ފުރައިވަޑައިގަތީ އިއްޔެ 2:00 ކަށްހާއިރު އެވެ.

ސުވިޒަލެންޑަށް ފުރައިވަޑައިގަތުމުގެ ކުރިން އުމަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ އިންޓަނޭޝަނަލް ޓެލެކޮމިއުނިކޭޝަން ޔޫނިއަން އިން އިންތިޒާމްކޮށްގެން ބާއްވާ "ވޯލްޑް ސަމިޓް އޮން އިންފޮމޭޝަން ސޮސައިޓީ" ގައި ބައިވެރި ވުމަށް ސުވިޒަލެންޑުގެ ޖެނީވާއަށް ފުރައިވަޑައިގަންނަވާ ކަމަށެވެ.

ވޯލްޑް ސަމިޓް އޮން އިންފޮމޭޝަން ސޮސައިޓީ ބޭއްވުމަށް ހަމަޖެހިފައި ވަނީ މިއަދުން ފެށިގެން މި މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށެވެ.