ހަބަރު

ގެއެއްގައި ރޯވިއިރު ތާށިވެފައި ތިބި މީހުން ސަލާމަތްކޮށްފި

Feb 4, 2015

ރޭ ދަންވަރު މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ގެއްލުންތައް ލިބިއްޖެ އެވެ.

ރޭ އަލިފާން ރޯވެފައި ވަނީ ގ.ލައިލަކްގަ އެވެ، މި ހާދިސާގައި މީހަކަށް ގެއްލުމެއް ނުވެއެވެ.

އެމްއެންޑީއެފުން ލައިލަކްގައި ރޯވީ ދަންވަރު 2:20 ހާއިރު އެ އިމާރާތުގެ ގްރައުންޑް ފްލޯގެ ސިޑިގޮޅީގައި ކަމަށެވެ. އަދި ބުނީ އެ ހާދިސާ ހިނގުމުން އަލިފާން ރޯވި އިމާރާތުގެ ދެ ވަނަ ފަންގިފިލާގައި ތިބި މީހުން ހުސްކޮށް، ރައްކާތެރި ހިސާބަކަށް ގެންދިޔަ ކަމަށެވެ.

އެ ހާދިސާގައި އެ އިމާރުގެ ތިރީގައިވާ ކޭބަލްތަކާއި ފެންވަޔަރިންތަކުގައި ރޯވެ ވަނީ އަނދައިގެން ގޮސްފައެވެ. އަލިފާން ކޮންޓްރޯލްވީ 2:30 ވެސް ވީފަހުންނެވެ.