ހަބަރު

ވެހިކަލްތައް ނަގައި އާ ހާބަރު ސަރަހައްދު ސާފުކޮށްލައިފި

Feb 4, 2015

މާލޭގެ ހުޅަނގު ދެކުނު ފަރާތު ބަނދަރު ސަރަހައްދުގައި ހުރި ވެހިކަލްތަކާއި ކޮންސްޓްރަކްޝަން މެޝިނަރީތައް ނަގައި އެ ސަރަހައްދު ހުސްކޮށް ސަރަހައްދު މުޅިން ސާފުކޮށްލައިފި އެވެ.

ހައުސިން މިނިސްޓްރީން ވަނީ މިދިޔަ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް އެތަން ހުސްކުރަން އަންގާފައި އެވެ. އަދި އެ މުއްދަތުގެ ނިޔަލަށް ނުނަގާ ހުރި ވެހިކަލްތައް މިނިސްޓްރީން ނަގާނެ ކަމަށާއި އެފަދަ ވެހިކަލަކަށް ލިބޭ އެއްވެސް ގެއްލުމަކަށް ޒިންމާ ނުވާނެ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައި އެވެ.

މިނިސްޓްރީގެ އެ އެންގުމާ އެއްގޮތަށް މުޅި ސަރަހައްދު ސާފުކޮށްފައިވާއިރު ކުރި އެ ސަރަހައްދުގައި ހުރިގިން ބާ ވެހިކަލްތައް ގެންދިޔައީ ކޮންތާކަށް ކަމެއް ނޭނގެ އެވެ.

އެ ސަރަހައްދަކީ މިނިސްޓްރީގެ ބެލުމުގެ ދަށުގައިވާ ބިމެއް ކަމަށާއި އެ ބިން ހުސްކޮށް ސާފު ކުރަން މިނިސްޓްރީން ބޭނުންވާ ކަމަށް ވެސް މިނިސްޓްރީން ވަނީ ބުނެފައި އެވެ.