ފުލުހުން ބަލައި ފާސް ކުރުން

ދެގެއެއް ފާސްކޮށް މަސްތުވާތަކެއްޗާއެކު 12 މީހުނާއި ކުޑަކުއްޖަކު ހައްޔަރުކޮށްފި

May 3, 2016
ފާސްކުރި ދެ ގެއިން އަތުލި ބައެއް ތަކެތި: ދެ ގެއިން 12 މީހުނާއި ކުޑަކުއްޖަކު ހައްޔަރުކޮށްފައިވޭ --
0%
0%
0%

ތަކުރާރުކޮށް ކުށުގެ އަމަލު ހިންގާ ކަމަށް ތުހުމަތު ވެގެން ކޯޓު އަމުރަކާއެކު ދެ ގެ އެއް ފާސްކޮށް ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާއި ބަނގުރަލާއެކު ބަޔަކު ހައްޔަރުކޮށްފި އެވެ.

މި އޮޕަރޭޝަންގައި ފާސްކުރީ ހ. ފިނިމާގެއާގެ އާއި ގ. މެޑޯގެ އެވެ. އެ ދެ ގެ ފާސްކޮށް 12 މީހަކާއި 17 އަހަރުގެ ކުއްޖަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަންގައި އެ ދެގެއިން ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާއި ނުވަފުޅި ބަގުރަލާއި މަސްތުވާ ތަކެތި ބަންދު ކުރަން ބޭނުންކުރާ ތަކެއްޗާއި ވަޅިއެއް ފެނުނު އިރު، މާރާމާރީ ހިންގަން ބޭނުންކުރާ ބައެއް ތަކެއްޗާއި އިސްލާމްދީން ނޫން އެހެން ބައެއް ދީންތަކުގެ ލިޔެކިޔުންތައްވެސް ފެނުނު ކަމަށެެ.

ފުލުހުން ގެންދަނީ މި މައްސަލަ ބަލައި ތަހުގީގު ކުރަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345