ރާއްޖެ ކުޅިވަރު

ދަގަނޑޭގެ ފޭސްބުކް ޕޭޖް ވެރިފައިކޮށްފި

ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ)ގެ ފޭސްބުކް ވެރިފައިކޮށްފި އެވެ.

މެލޭޝިއާގެ ޕީޑީއާރްއެމް އަށް ކުޅެމުންދާ ދަގަނޑޭ ފޭސްބުކް ޕޭޖް މިއަދާ ހަމައަށް 51،006 މީހުން ފޮލޯކުރެ އެވެ. ދަގަނޑޭގެ ފޭސްބުކް ޕޭޖަކީ ރާއްޖެ އަށް ނިސްބަތްވާ އެންމެ މަގްބޫލު އެއް ފޭސްބުކް ޕޭޖެެވެ.

ފޭސްބުކް އިން އާންމުކޮށް ވެރިފައިކޮށްދެނީ މަގްބޫލު ސަހުސިއްޔަތުންގެ ޕޭޖްތަކެވެ. ޕޭޖެއް ވެރިފައިކޮށްދެނީ އެ ޕޭޖްގެ ސައްހަކަން ސާބިތުކޮށްދިނުމުގެ ގޮތުންނެވެ.

ރާއްޖޭގައި މިހާތަނަށް ވެރިފައިކޮށްފައިވާ ފޭސްބުކް ޕޭޖްތަކުގެ ތެރޭގައި ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލާއި މަޝްހޫރު ލަވަކިއުންތެރިޔާ މަރިޔަމް އޫނޫޝާ އާއި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބްގެ ފޭސްބުކް ޕޭޖްތައް ހިމެނެ އެވެ.