ރާއްޖެ ކުޅިވަރު

100 މީޓަރުގެ ގައުމީ ރެކޯޑް ސާޖިނާ އާކޮށްފި

May 5, 2016

މެލޭޝިޔާގައި ކުރިއަށްދާ މައިލޯ ޕްރަމް މެލޭޝިއަން އޯޕަން ސްވިމިން ޗެމްޕިއަންޝިޕުގައި 100 މީޓަރ ބްރެސްޓް ސްޓްރޯކްގެ އާއިޝަތު ސާޖިނާ އާކޮށްފި އެވެ.

މިއަދު ހެނދު އޭނާ ގައުމީ ރެކޯޑް އާކުރީ 01:25.22 އިން ރޭސް ނިންމައިގެންނެވެ.

100 މީޓަރުގެ ގައުމީ ރެކޯޑް ސާޖިނާ އެންމެ ފަހުން އާކޮށްފައިވަނީ 2014 ވަނަ އަހަރު އެވެ. އެއީ މީގެ ދެ އަހަރު ކުރިން ސްވިޒަލޭންޑްގައި ބޭއްވި ކޮމަންވެލްތް ގޭމްސްގަ އެވެ. އެ ފަހަހަރު އޭނާ ރޭސް ނިންމީ 01:27.96 އިންނެވެ.

މެލޭޝިޔާގައި ބާއްވާ މި މުބާރާތުގައި މީގެ ކުރިން ދިވެހި ފެތުންތެރިން ވާދަކޮށްފައިނުވެ އެވެ. މިއަދުން ފެށިގެން އާދީއްތަ ދުވަހުގެ ނިޔަލަށް ބާއްވާ މުބާރާތުގައި ފެތުންތެރިޔާ އާމިނަތު ޝަޖަން ވެސް ވާދަކުރާނެ އެވެ.