ކާނާ

ވޮންޑަ ސޫޕް: ހިކެން މިއޮތީ މުޖައްރިބު ފަންޑިތައެއް!

May 6, 2016
5
  • ފަސޭހަކަމާއެކު ތައްޔާރު ކޮށްލެވޭ
  • ހަފުތާއަކު ހަތަރު ކިލޯ ލުއިވާނެ
  • ހަށިގަނޑަށް ފައިދާހުރި ޑައެޓެއް

ހިކެން ބޭނުންވެ، ނުހިކިގެން ކަންބޮޑުވޭ ހެއްޔެވެ؟ ހިކޭނެ ޑައިޓެއް ބޭނުން ހެއްޔެވެ؟ މިއޮތީ އެ ޑައެޓެވެ. މިއީ ސޫޕެކެވެ. "ވޮންޑަ ސޫޕް" ގެ ނަން ދީފައިވާ މި ސޫޕަކީ ހިކެން އުޅޭ އެތައް ބައެއްގެ ޔަގީންކަން ހޯދައިވާ އެއްކެޗެވެ. ހިކެން ބޭނުންވާ މީހުންނަށް މި އޮތީ މުޖައްރިބު ފަންޑިތަ އެކެވެ.

މި ސޫޕް ހަފުތާ އަށް ބަހާލައިގެން ބޮވިދާނެ އެވެ. ތިރީގައި އެ ވަނީ ސޫޕް ތައްޔާރުކުރާނެ ގޮތެވެ.

ވޮންޑަ ސޫފަށް ބޭނުންވާނެ ތަކެތި

  • ހަ ފިޔާ
  • ފެހި ކުލައިގެ ދެ ރިހަ މިރުސް (ބޮޑު މިރުސް)
  • ތިން ޓޮމާޓޯ
  • އެއް ކެބެޖު
  • ސެލެރީ ފަތް ބޮނޑިއެއް
  • ފެން ތައްޓެއް
  • ކުޑަ އޮލިވް އޮއިލް ކޮޅެއް

ސޫޕް ތައްޔާރު ކުރާނެ ގޮތް

މި ސޫޕަކީ ތައްޔާރުކޮށްލަން ވަރަށް ފަސޭހަ އެއްޗެކެވެ. ފުރަތަމަ ބޮޑު މިރުހާއި ފިޔާ އަދި ކޮށާލުމަށްފަހު އޮލިވް އޮއިލްގެ ތެރޭގައި ރަނގަޅަށް މީރުކޮށްލާށެވެ. އަދި ޓޮމާޓޯ އާއި ސެލަރޭ ފަތް އަދި ޓޮމާޓޯ އާއި ކެބެޖް ކޮށާލުމަށްފަހު ފެން އަޅައިގެން 60 މިނެޓު ވަންދެން ކައްކަން ވާނެ އެވެ. އަދި ފުޅިއަކަށް އަޅައިގެން ވެސް ބޮވިދާނެ އެވެ. މި ސޫޕު ކައްކައިގެން ފުޅިއަކަށް އެޅުމަށްފަހު އިރުކޮޅަކާ ބޯން ވާނެ އެވެ. އަދި މިއާއެކު އާއްމުކޮށް ކާން ބޭނުންކުރާ ބާވަތްތައް މަދުކޮށްލުން ނޫނީ ހުއްޓާލަން ޖެހޭނެ އެވެ. މި ސޫޕު ބަރާބަރަށް ބޯ ނަމަހަފުތާއަކު ހަތަރު ކިލޯ ލުއިވާނެ ކަމަށްވެ އެވެ.