ހީޓް

ހީޓުން އޯޓިޒަމް ކުދިންނަށް ހިލޭ ޒުމްބާ ކްލާސް ނަގައިދެނީ

May 7, 2016

ހީޓް ހެލްތް އެންޑް ފިޓްނަސް (ހީޓް) ގައި ހިންގާ ޒުމްބާ ކްލާސްތަކުން އޯޓިޒަމް ކުދިންނަށް ހިލޭ ފުރުސަތު ދީފި އެވެ.

ހީޓް ހިންގުމާ ހަވާލުވެ ހުންނެވި އައިޝަތު އަފްރާ (އަނާ) ވިދާޅުވީ އޯޓިޒަމް އެސޯސިއޭޝަންގެ މެންބަރުންގެ ގޮތުގައި ތިބި 40 ކުއްޖަކަށް މިއަދު ޒުމްބާ ކްލާސްތަކެއް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި، މި ކްލާހަށްފަހު ދާއިމީ ގޮތުގައި އޯޓިޒަމް ކުދިންނަށް ޒުމްބާ ކްލާސް ހިލޭ ނަގައިދޭން ނިންމާފައިވާ ކަމަށެވެ.

"މިއަދު ފުރުސަތު ދިނިން 40 ކުއްޖަކަށް. މީގެ ތެރެއިން ދާއިމީކޮށް ޒުބްމާގައި ބައިވެރިވާން ބޭނުންވާ ކުދިންނަށް ހިލޭ ޒުމްބާގައި ބައިވެރިވެވޭ ގޮތަށް މި ނިންމީ،" އަނާ ވިދާޅުވި އެވެ.

އޯޓިޒަމް އެސޯސިއޭޝަންގެ ހިންގުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވާ އިފްހާމް ހުސެއިން (އިފޫ) ވިދާޅުވީ އޯޓިޒަމް ކުދިންނަށް އާއްމުކޮށް މިފަދަ ފުރުސަތެއް ނުލިބޭ ކަމަށެވެ. އެކަމަށްޓަކައި ހީޓަށް ޝުކުރު އަދާކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އާއްމުކޮށް މިފަދަ ފުރުސަތެއް މި ކުދިންނަކަށް ނުލިބޭ. އެކަމަކު ހީޓުގެ އިސް ނެގުމަކަށް ދިން މި ފުރުސަތުގެ ސަބަބުން މި ދާއިރާ [ފިޓްނަސް] ގެ ދާއިރާގެ ހުނަރު ހުރި ކުދިން ފާހަގަ ކުރެވިއްޖެ. ހީޓުންވަނީ ޕްރޮގްރާމްތަކުގައި ބައިވެރިވާން ފުރުސަތު ވެސް ދީފައި،" އިފޫ ވިދާޅުވި އެވެ.

ހީޓުގައި ކުރިއަށް ގެންދާ ޒުމްބާ ކްލާސްތަކުގައި ކުޑަކުދިންނާއި ދެ ޖިންސުގެ މީހުންނަށް ބައިވެރިވުމުގެ ފުރުސަތު އޮވެ އެވެ. އަދި މި ކްލާސް ކުރިއަށް ގެންދަނީ އެކަމަށް ހާއްސަކޮށް ޓްރެއިނިން ވެފައިތިބޭ އިންސްޓްރަކްޓަރުންނެވެ.